English Edition
Dhivehi Edition

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސައިފައިވާކަން އިޢުލާން ކޮށްފައި މިވަނީ މިއަދު އާސަންދަ ކުންފުނިން ނެރެފައިވާ ސާކިއުލާ އަކުންނެވެ.

މި ސާކިއުލާގައި ބުނެފައިވާ ގޮތުން ހުސްނުވާ އާސަންދަ ސުކީމުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އައިޑިކާޑަކީ އެމީހާގެ އައިޑީކާޑުކަން ކަށަވަރު ކުރުމަށްފަހު އެ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމުގެ ދަށުން ހިދުމަތް ލިބިގެންދާނެއެވެ. އަދި “ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެއްވެސް ހުރަހެއް ނެތި ދިވެހި އެންމެހައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ކަމަށް ދަންނަވަމެވެ” އާސަންދަ ކުންފުނީގެ ސާކިއުލާގައި ބުނެފައިވެއެވެ.

މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ގެ ވެރިކަމުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.