English Edition
Dhivehi Edition

އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ “ބަގްލިއޯނީ ހޮޓެލްސް”ގެ ރިސޯޓެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ޚަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާގޮތުން މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ މިއަންނަ އަހަރުގެ މާޗް މަހުގައެވެ. މިއީ ދ. މާގުގައި ތަރައްޤީ ކުރަމުން ގެންދާ ރިސޯޓެކެވެ.

މި ރިސޯޓުގައި 99 ވިލާ ހުންނައިރު މީގެ ތެރޭގައި ރިސޯޓުމޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ހުރެއެވެ. މީގެ އިތުރުން މި ރިސޯޓު ފަރުމާކޮށްފައިވަނީ 1230 ސްކެއާ މީޓަރުގެ ޕްރެޒިޑެންޓަސް ތިން ވިލާ ވެސް ހުންނާނެއެވެ. ޕްރެޒިޑެންޓަލް ވިލާތައް ފަރުމާކޮށްފައިވަނީ ޕްރައިވެޓް ޕޫލާއި ޖަކޫޒީ ވެސް ހުންނަ ގޮތަށެވެ. އަދި މި ރިސޯޓު ފަރުމާކޮށްފައިވަނީ ފެމެލީ ބީޗް ވިލާވެސް ހިމެނޭ ގޮތަށެވެ.

އިޓަލީގެ ބަގްލިއޯނީ ކުންފުންޏާ ހަވާލާދީ ބުނެފައިވާ ގޮތުން މި ރިސޯޓުގައި ތިން ރަހައެއްގެ ރެސްޓޯރެންޓް ހުންނާނެއެވެ. މި ތަންތަނުން އިޓަލީގެ ރަހަތަކާއި އިންޓަނޭޝަނަލް ފުޑް އަދި ޖަޕާނުގެ ރަހަތައް ހިމެނޭނެ އެވެ.މި ރިސޯޓު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭގެ މަގަކަށެވެ.