English Edition
Dhivehi Edition

އަވައްޓެެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން ރާއްޖެއަށް ގެއްލުމެއް ވެފައިނުވާ ކަމަށާއި އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހީންނަށް އެތައް ފައިދާއެއް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، އަވަށްޓެރި ޤައުމަކުން ދީފައި އޮންނަ ހަދިޔާއެއް ފޮނުވާލުމަކީ އެއީ އެއްވެސް ހަމަޔަކުން ބަލާއިރު ރީތި ކަމެއް ނޫން ކަމަށެވެ. އެއް ޤައުމުން އަނެއް ޤައުމަށް އެކި ކަންކަމުގައި ބަރޯސާވާން ޖެހޭ އިރު އެއްވެސް ޤައުމަކާ ރުޅި ހަދާލައިގެން އުޅުމަކީ ރާއްޖެއިން ކުރަން ވާވަރު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވީ އެވެ.

އެކަމަނާ ވިދާޅުވީ ހެލިކޮޕްޓަރު ބެލެހެއްޓުމުގައި އިންޑިއާގެ ފަންނީ ބަޔަކު ރާއްޖޭގައި ތިބޭތާ އެތައް އަހަރެއްވެފައިވާ ކަމަށާއި އެކަމާ އާންމުން ކަންބޮޑުވެގެން އުޅޭތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.