English Edition
Dhivehi Edition

އިންޑިޔާއާއި ލަންކާ އަދި ދިވެހިރާއްޖެ ގުޅިގެން ރާއްޖޭގައި ބާއްވާ އަސްކަރީ ފަރިތަކުރުން މާދަމާ ފަށާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ތިންޤައުމުގެ ކޯސްޓްގާޑް ގުޅިގެން ހިންގާ “ޓްރައިލޭޓްރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14” ގައި ބައިވެރިވާ އިންޑިއާ އަދި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރުތައް މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފައެވެ. މިގޮތުން މިއަދު ރާއްޖެ އައި މަނަވަރުތަކުގެ ތެރޭގައި އިންޑިއަން ކޯސްޓްގާޑް ޝިޕް “ސަމަރު” އާއި އިންޑިއަން ކޯސްޓްގާޑް ޝިޕް “އާރޔަމަން” ހިމެނެއެވެ. އަދި ސްރީލަންކަން ކޯސްޓްގާޑް ޝިޕް “ޝުރަކްޝާ” ހިމެނެއެވެ.

މި އެކްސަސައިޒްގައި އިންޑިއަން ކޯސްޓްގާޑް ޑޯނިއަރ މަތިންދާބޯޓަކާއި އިންޑިއަން ކޯސްޓްގާޑް ޝިޕް “ސަމަރު” ގެ އޮން ބޯޑު ހެލިކޮޕްޓަރެއްވެސް ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

2 ދުވަހަށް ބާއްވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ޙަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމުގެ މަޤްޞަދުގައި ބާއްވާ ތަމްރީނުތަކެކެކެވެ.