English Edition
Dhivehi Edition

ވެހިކަލްތައް ޕާކް ކުރުމުގައި ހުރި ދަތިތަކާ ހާލަތު ބެއްލެވުމަށް މާލޭގެ ބައެއް
މަގުތަކަށް މިއަދު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވަޑައިގަންނަވައިފިއެވެ. މި މަސައްކަތުގައި މިނިސްޓަރ ނަހުލާ ވަނީ ބަނދަރުތަކުގެ ހާލަތްތަކާ ދަތިތައްހުރިނެތްގޮތްް ބައްލަވައި ބައެއް މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލު ވެސް ހޯއްދަވާފައެވެ.
މިނިސްޓަރ ނަހުލާ އާއިއެކު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރާއި ފުލުހުންގެ އިތުރުން ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ ވެސް މާލޭގެ
މަގުތައް ބައްލަވާލެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.

100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ފަހަގަ ކޮއްލެވޭ ބައެއް ކަންތައްތައްތަކުގެތެރޭގައި.
މާލޭގެ އެކި މަގުތަކުގައި ލޯޑިން/އަންލޯޑިން އޭރިއާ ކަނޑައެޅުން.
މާލޭގެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދުން.
މާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތަކެއް ހެދުން.
މާލޭގެ ޓްރެފިކަށް ބަދަލު ގެނެސް، މަގުތައް ހުޅުވާލުން.
މާލޭގެ ފަޅުގައި ދައުލަތުގެ ބޭނުމަށް ނެގި ބައެއް ތަންތަން އާންމުންނަށް ހުޅުވާލުން.
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގަން ފެށުން.
މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކްއަޕާއި ލޮރީތަކަށް ޕާކިން އޭރިއާ ޒޯންކުރުން.
ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެތެރޭ މާލޭގެ މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓްތަކެއް ދިއްލުމާއެކު އެންވަޔަރަމަންޓް އެންޑް ރޯޑް ސޭފްޓީ ޕޮލިސްގެ ހިދުމަތް
ފެށުމާއި ފުލުހުން މާލެ ތެރެ ބެލެހެއްޓުން ހަރުދަނާ ކުރުން ވެސް ހިމެނެކަމަށްވެއެވެ.

މީގެއިތުރުންވެސް ރާޅުގަނޑު ސަރަހައްދާއި އާޓިފިޝަލް ބީޗް އަދި ރަސްފަންނު، އުސްފަސްގަނޑާއި ސިޓީ ޕާކްފަދަ ތަންތައް ހިތްފަސޭހަ ތަންްްްްްްތަނަށް ހެދުމަށް ސަރުކާރުން އޮތީ ވައުދުވެފައެވެ. މީގެއިތުރުން މާލޭގައި ކަނޑައެޅޭ ބައެއްމަގުތައް ހުކުރު ދުވަހު ހެނދުނު ބަންދުކޮށް، އާއިލާތަކަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަށް ވެސްވަނީ ނިންމާފައެވެ.