English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ އޭނާގެ ލޯބިވެރިޔާ އަދި 9 އަހަރުވީ ކައިވެނީގެ ބައިވެރިޔާއާއިއެކު ރާއްޖޭގައި 9 އަހަރުވީ ކައިވެނީގެ މުނާސަބާ ފާހަނގަކޮށްފިއެވެ.

43 އަހަރުގެ ޝިލްޕާ ޝެޓީ ކައިވެނިކޮށްގެން އުޅެނީ އިނގިރޭސި ވިލާތުގެ ވިއަފާރިވެރިއެއް ކަމަށްވާ ރާޖް ކުންޑްރާއިއެވެ.ޝިލްޕާ އާއި ރާޖްގެ ހުންނަނީ އަދި އެންމެ ކުއްޖެކެވެ.

ޝިލްޕާ އާއި ރާޖް އެމީހުންގެ މި ޗުއްޓީ ހޭދަކޮށްފައިވަނީ ކަނުހުރާ މޯލްޑިވްސް ރިސޯޓުގައެވެ.ޝިލްޕާ ވަނީ އޭނާގެ އިންސްޓަގްރާމްއަށް ކަނުހުރާގެ ހިއްގައިމު މޫދާއި ރީތި ހުދު ދޮންވެލިގަނޑު ފެންނަ ގޮތަށް އެތައް ފޮޓޯތަކެއް ލާފައެވެ.އަދި މި ފޮޓޯތަކުގެ ކެޕްޝަންގައި ޝިލްޕާ އޭނާގެ ފިރިމީހާ ރާޖް އަށް ވަނީ ވަރަށް ތައުރީފްކޮށްފައެވެ. އަދި ރާޖް ދެކެ މަރުވަންދެންވެސް ލޯބިވާނެ ކަަމާއި، އޭގެ ފަހުންވެސް ދިރިއުޅުމެއް ވާނަމަ އެއިރުވެސް ލޯބިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޝިލްޕާ ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައެވެ.އަދި އޭރުވެސް ގިނަ ފޮޓޯތަކެއް ދިޔައީ ސޯޝަލްމީޑިޔާގައި ފެތުރެމުންނެވެ.މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ކުރިއެރުން ލިބޭނެ ކަމެކެވެ.