English Edition
Dhivehi Edition

އެތެރޭގެ އުދުހުންތަކުގެ ދަތުރު ފަށަން ތައްޔާރު ވެފައިވާ މަންތާ އެއާއިން ބޭނުކުރާ ޔުނިފޯމްއިން ދައްކުވައިދެނީ ދިވެހިވަންތަ މެހެމަންދަރީއެއް އަދާކޮއްދިނުމާއި ގުޅިފައިވާ ގޮތަކައް ފަރުމާ ކޮއްފައިވާ ޔުނީފޯމެކެވެ.

“މަންތާ އެއާ” ގެ ނަމުގައި އާ އެއާލައިނެއް އުފައްދާފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ބައެއް ހިއްސާދާރުންނާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެންނެވެ. ރިއޮލޯ އަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކުގެ ހިއްސާވާ ކުންފުންޏެކެވެ.މަންތާ އޭވިއޭޝަންގެ ނަމުގައި ހަދަފައިވާ ކުންފުނިން ނިންމާފައި ވަނީ ފުރަތަމަ ފަށައިގަންނައިރު ހަތަރު ސީ ޕްލޭން އަދި އޭޓީއާރު މަރުކާގެ 72 މީހުންގެ ޖާގައިގެ ތިން ބޯޓު ބޭނުން ކުރާ ގޮތަށެވެ

މަންތާ އެއާއިން ދަތުރު ފެށުމުގެ ގޮތުން ވަނީ އޭޓީއާރް 600-72 މަރުކާގެ 72 މީހުން ޖާގައިގެ މުޅިންއައު ބޯޓެއް މިމަހު ރާއްޖެ ގެނެސްފަ އެވެ. އަދި މުވައްޒަފުން ތަމްރީންކޮށް ނިންމާ މިހާރު އެ އެއާލައިން ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ހިންގުމަށްތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެއެވެ. އެގޮތުން މަންތާ އެއާގެ ބްރޭންޑް އެމްބެސެޑަރުންނަށް އަލީ އައުސަން (ކޮއްކި) އާއި މަރިޔަމް މައިޝާ (މައި) ވަނީ ހަމަޖައްސާފައެވެ.
މައިޝާ އާއި ކޮއްކި ބްރޭންޑް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ ދަރުބާރުގޭގައި ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މަންތާ އެއާގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު އެވެ. މައިޝާއަކީ ނިމިގެންދިޔަ މޯލްޑިވިއަން އައިޑަލްގައި އެންމެ
ވިދާލި އެއް ތަރިކަންފަހަގަކޮއްލެވެއެވެ.އެ ހަފުލާގައި މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މައި އާއި ކޮއްކިއާއެކު އެ އެއާލައިން ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ހިންގަންތައްޔާރުވަމުންދާ ކަމަށެވެ.

މަންތާ އެއާގެ ދަތުރުތައް ފަށައިގަންނައިރު، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދުއަށާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުއްޓަށެވެ.ދަތުރު ފަށަނީ ފަސިންޖަރުންނަށް ތަފާތު ހިދުމަތެއް ދިނުމުގެ ގޮތުން ދެ ކްލާހެއްގެ ޝީޓް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މަންތާ އެއާއިން ދަތުރުކުރާ މީހުންނަށް ފަސޭހައިން އިށީނދެލައިގެން ތިބެވޭނެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވި އެވެ. ފްލައިޓުން ބޭނުންވާ ޝީޓް ބޭނުން ވަގުތެއްގައި ބުކް ކޮށްލެވޭނެކަމައްވެއެވެ. އަދި މަންތާ އެއާގެ ޝެޑިއުލް ދުރާލާ، ކޮންމެ ހަ މަހަކުން އާއްމު ކުރާނެއެވެ. މަންތާ އެއާގެސަބަބުން އެތެރޭގެ ވައިގެ އުދުހުމުގެ އަގައް ހެޔޮބަދަލެއް އަންނާނެކަމައް ގިނަބަޔަކު ގަބޫލުކުރެއެވެ.