English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްޕެޝަލް އެންވޯއީގެ މަޤާމަށް ޢަބްދުﷲ ޖާބިރު، މިއަދު ޢައްޔަނުކުރައްވައިފިއެވެ

މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖާބިރަށް މަގާމުގެ ފަތްކޮޅު އަރުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ

ޖާބިރުއާ ހަވާލުކުރައްވާފައިވާ މަގާމުގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދީ ދައުލަތުގެ ކަންތައް ރަނގަޅަށް ހިންގުމުގައި ރައީސްއަށް ވާގިވެރިވެ އެހީތެރިވުމެވެ

ޖާބީރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައިވެސް ޖާބިރުވަނީ މަސައްކަތް ކުރެއްވާފައެވެ..