English Edition
Dhivehi Edition
ފޮޓޯ: ލުބްނާ މަޖީދް މުހްތާރު --- އޭއޯނިއުސް

ޝަމްސުއްދީން ސްކޫލުން ބޭއްވި، 36 ވަނަ ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ އާއިޝަތު އީޝާ އަސްލަމް ހޮވިއްޖެވެ.

މިއަދު ގެޖަލްސާ ޝަރަފްވެރިކޮށް ދެއްވީ އަލްފާޟިލް އަބްދުﷲ ހާނީއެވެ.

މުޅިބާރާތުގެ އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް ހޮވުމާއި ގުޅިގެން އިނާމެއްގެ ގޮތުން އީޝާ އަސްލަމަށްވަނީ އުމްރާދަތުރެއް ލިބިފައެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވުނު ރަސްމިއްޔާތުގައި އުމްރާދަތުގެ ލިއުން އީޝާ އަސްލަމާއި ހަވާލްކޮށްދެއްވީ ޝަރަފްވެރި މެހްމާން އަލްފާޟިލް އަބްދުﷲ ހާނީއެވެ.

މިއަދު ހެނދުނު ޝަމްސުއްދީން ހޯލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގުރުއާން މުބާރާތިގައި ބައިވެރި ވި ހުރިހަ ދަރިވަރުންނަށާއި ވަނަވަނަ އަށް ހޮވުނު ދަރިވަނުންނަށްވަނީ ހަނދާނީ ލިޔުމާއި ތަށިހަވާލު ކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެޙުމާން ވަނީ ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވަރަށް ހާއްސަ މެސެޖެއް ދެއްވާފައެވެ. އެގޮތުން ހާނީ ވިދާޅުވީ، ދަރިންނަކީ މައިންބަފައިންނަށް ލެއްވި ނިއުމަތެއް ކަމަށާއި އެދަރިންނަށް އިސްލާމްދީނުގައި އެންގެވި ގޮތަށް ރަނގަޅު ތަރުބިއްޔަތު ދީ ރަނަގޅު މަގު ދެއްކުމަށެވެ. އަދި ހަމަ އެހެންމެ ހުރިހައި ދަރިވަރުންވެސް މައިންބަފައިނަށް ބޯލަނބާ ކިޔަމަންތެރި ވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރި ވެވަޑައިގަތެވެ.

މި އަދުގެ ވަނަތަށް ހާސިލް ކުރި ދަރިވަނުންނަށާއި މުޅި ސްކޫލްގެ ހުރުހާ ދަރިވަރުންނާ ވާހަކަ ދައްކަވަމުން މިއަދުގެ ޖަލްސާގައި ޝަމްސުއްދީންސްކޫލްގެ ޤުރުއާން މުދައްރިސް ކަރީމް ވިދާޅުވީ، ކުރިއަށް އޮތީ ބޮޑު ޗުއްޓީ ކަމުގައި ވީނަމަވެސް ހުރިހާދަރިވަރުންވެސް ފަސްވަގުތު ނަމާދު ކޮށް ޤުރުއާން ކިޔެމުމަށް އިސްކަންދިނުމަށެވެ. ޗުއްޓީ އަށް ކޮންމެ ތަނަކަށް ދިޔަކަމުގައި ވީނަމަވެސް މި ދެކަންތަށް ކުރުމަށް ކަރީމް ވަނީ ހުރިހައި ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.

މި މުބާރާތުން އެއްވަނައަށްހޮވުނު އީޝާ އަށް ލިބުނު އުމްރާ ދަތުރަކީ، ޝަމްސުއްދީން ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ހައްވާ މުހައްމަދުދީދީ މެދުވެރިވެގެން ‘ނިސްމާ އަލް ހައްޖު ވަލްއުމްރާ’ ގުރޫޕުން ހޯއްދަވައި ދެއްވި އުމްރާ ދަތުރެކެވެ.