English Edition
Dhivehi Edition

ރަސޫލާގެ އީދު މީލާދީ އަކީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސްކަމަށް ބުނެވެއެވެ. އަދި އެއީ رَبِيْعُ الأَوّ މަހުގެ 12 ވަނަ ދުވަހެވެ. މިދުވަސް ފާހަނގަ ކުރުމާއި މެދު އިލްމުވެރިންގެ މެދުގައި ޚިލާފްތަކެއް އުފެދިފައި ވެއެވެ.

އީދު މީލާދީ ފާހަނގަ ކުރުމަކީ އުފަން ދުވަސް ފާހަގަ ކުރުމާއި ދާދި އެއްބީދައިން ކުރެވޭ ކަމެކެވެ. ނަމަވެސް އުފަންދުވަސް ފާހަނގަ ކުރުމަށް ޕާޓީ އާއި ސައިފޮދު ބާއްވައި، ކޭކު ފެޅިނަމަވެސް، ރަސޫލާގެ އީދު މީލާދީ ފާހަގަ ކުރުމަށް އަދި މިކަން ކުރާތަނެއް ނުފެނެއެވެ. އެހެންނަމަވެސް އިސްލާމީ ދައުލަތްތަކުގައި ވެސް ދައުލަތުގެ ފެންވަރުގައި އެދުވަސް ފާހަނގަ ކުރާތަން ފެނެއެވެ.

ރާއްޖެއަކީ އިސްލާމީ ދައުލަތެއްގެ މަތީގައި އޮތް ޤައުމަކަށް ވީހިނދު ރަސޫލާގެ އީދު މީލާދީ ފާހަގަ ކުރުމަށް ފަހަކަށް އައިސް ކަންތައްތަކެއް ކުރެވެމުންދާތަން ފެނެއެވެ. އެގޮތުން އެދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ހެދުމާއި، އެދުވަހާއި ގުޅުވައި ހަފްލާތަށް ބޭއްވުމާއި، އެކަކު އަނެކަކާއި ދިމާވާއިރު އީދު މީލާދީ އާއި ގުޅުވައިގެން ތަޙްނިޔާ ކިޔުމާއި، މީސްމީޑިއާގައި މިކަން ފެތުރުން ކުރިއަށް ދެއެވެ. ފަހަރުގައި މިއީ މިކަމުގެ އަސްލު ނޭނގޭތީ ކުރެވޭ ކަމަކަށް ވުމީ ވެދާނެކަމެކެވެ.

ދުނިޔޭގެ މަޝްޙޫރު އިލްމުވެރިޔާ ޑ.ޒާކިރު ނައިކް ވަނީ މިކަމާއި ގުޅިގެން ފޭސްބުކްގައި ޕޯސްޓެއް ޝާއިރު ކޮށްފައެވެ. އެގޮތުން އޭގައި ވެއެވެ. ‘އީދު މީލާދީ އާއި ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި އެދުވަހުގެ ތަޙްނިޔާ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ފޮނުވަމުން ދާތަން ފެނެއެވެ. އެއީ އިސްލާމްދީނުގައި އޮތްކަމަކަށް ނުވާއިރު އެކަން ހުއްޓާލައި، ރަނގަޅު މުސްލިމުންނަށް ވާށެ!’

ޢިލްމުވެރިން މިފަދައިން ބުނާއިރު މިއީ ދީނުގައި އޮތްކަމެއް ނޫންކަން އެނގެއެވެ. އަދި މިކަން އޮތްކަން އިސްލާމްދީނުގެ އެއްވެސް އަސާސް އަކުން ދަލީލު ކޮށްދީފައި ނުވެއެވެ. އެހެންކަމުން މިއީ ދީނުގައި އޮތް ބިދުޢައެކޭ ބުނުމުގެ ޖާގަ އެބައޮތެވެ.