މި އަހަރު މެއި މަހު ކައިވެނިކުރި މަޝްހޫރު ތަރި އަންގަދު ބެޑީއާއި ނެހާ ދޫޕިއާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ
މި ދެތަރިން ކައިވެނިކުރީ ނެހާ ބަލިވެ އިނުމުންކަމަށް ގިނަ ބަޔަކު ވާހަކަތައް ދައްކަމުންދިޔަ ނަމަވެސް އޭރު މިކަމާއި ގުޅިގެން ދެ ތަރިންވެސް އޭރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ނެހާގެ ބައްޕަ ވަނީ އޭރު އެ ވާހަކަތައް ދޮގުކޮށްފައެވެ. ކައިވެންޏާއި ބެހޭ ގޮތުން ނެހާ ބުނެފައިވަނީ އެ ވާހަކަ ކުރިން ހިއްސާ ނުކުރީ އެމީހުންގެ ޕާސަނަލް ކަންތައްތައް މާ ބޮޑަށް ހާމަކުރަން ބޭނުން ނުވާތީ ކަމަށެވެ.
ނެހާ އާއި އަންގަދްއަށް ކުއްޖަކު ލިބެން އުޅޭކަން އަންގަދު އިއުލާންކޮށްފައިވަނީ މި އަހަރު އޮގަސްޓްމަހުގެ ތެރޭގައެވެ