English Edition
Dhivehi Edition

ވީ މަރުގެ މައްސަލަތައް ތަހުގީގު ކުރާނީ ވަރަށް ހާމަކަންބޮޑު ގޮތަކަށްކަމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ވޭތުވެ ދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި މަރާލާިފައިވާ މީހުންނާއި ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައިވާއރު މިހާރުވަނީ މި ކަންތައްތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދާފައެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަން އުފައްދާފައިވާއިރު މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ހުސްނު ސުއޫދާއި ވަކީލު ފަރީޝާ އަބްދުﷲ އާއި ނޫސްވެރިޔާ މިސްބާހު އައްބާސް އާއި އަބްދުﷲ މުނާޒްގެ އިތުރުން އާދަމް އިބްރާހިމެވެ.މި ކޮމިޝަންގެ ރައީސަކީ ހުސްނުއް ސުއޫދެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ މަރުގެ މައްސަލަތައް ތަހުގީގު ކުރާނީ ވަރަށް ހާމަކަންބޮޑު ގޮތަކަށް ކަމަށެވެ.އަދި މަރުވެފައިވާ މީހުންގެ މައްސަލަތަކަކީ އާންމުންނާ ވަރަށް ގުޅުން ހުރި މައްސަލަތަކެއް ކަމަށް ވުމުން މި މައްސަލަތަކުގެ މައުލޫމާތު ސިއްރުކޮށްގެން ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

މި މައްސަލަތަކަކީ ގިނަ ދުވަސްވެފައިވާ މައްސަލަތަކަކަށް ވުމުން މި މައްސަލަތައް ތަހުގީގު ކުރުމަކީ ބޮޑު ޗެލެންޖަކަށް ވާނޭކަމަށް ސުއޫދު ވިދާޅުވިއެވެ.އަދި މި މައްސަލަތަކުގެ ހަގީގަތް ހޯދޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި ބޭރުގެ އެކި ފަންނުތަކުގެ ތަޖުރިބާކާރުންގެ އަދި އޯގަނައިޒޭޝަންތަކުގެ އެހީތެރިކަން ހޯދާނޭކަމަށް ސުއޫދު ވިދާޅުވިއެވެ.އަދި މައްސަލައިގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.