English Edition
Dhivehi Edition

ވަޒީފާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ މަދުވެގެން 5,000 ރުފިޔާއަށް ބޮޑުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ ނައީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަންނަ އަހަރަށް ދައުލަތުގެ ޙަރަދުތަކަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ފުރަތަމަ މަރުހަލާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އަނާރާ ވިދާޅުވީ މުވައްޒަފުންނަށް އެންމެ ކުޑަ އަދަދަކަށް ދެވޭ މުސާރަ ނުވަތަ މިނިމަން ވޭޖް އަކީ 5،000 ރުފިޔާ އަށް ހަދަންޖެހޭ ކަމަށެވެ.އަދި ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރަވެސް ސަރުކާރުންދޭ އެލަވެންސްތަކަށް ވުރެ ކުޑަ ކަމަށެވެ.އަނާރާ ވިދާޅުވީ ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރައަކީ ގާތްގަނޑަކަށް 3،000 ވަރަކަށް ރުފިޔާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ލިބޭ އެލަވެންސް ވެސް އެއަށްވުރެ ބޮޑު ކަމަށެވެ.

މީގެ އިތުރުން އަނާރާ ވިދާޅުވީ މިނިމަން ވޭޖް ބޮޑުކުރަން ޖެހޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބޭ އެލަވެންސްވެސް ބޮޑު ކުރަން ޖެހޭ ކަމަށެވެ.އަނާރާ ވިދާޅުވީ މިހާރު އެފަރާތްތަކަށް ލިބޭ ފައިސާ އަކީ އެކަށީގެންވާ އަަދަދެއް ނޫން ކަމަށެވެ.