English Edition
Dhivehi Edition

އައްޑޫ ސިޓީ ހަންކެޑެ ބުރިޖު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވި ގއ. ދާންދޫ ޖަވާހިރުމާގޭ އުމުރުން 18 އަހަރުގެ އަޙްމަދު ޖައިޝަން ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގެ 3 މީޓަރު އަޑިން ފެނިގެން ނެގި އިރުވެސް އޮތީ މަރުވެފައި ކަމަށް އަކުއާވެންޗާގެ ޑައިވަރުން ބުނެފިއެވެ.

އަކުއަވެންޗަރ ގެ އޯނަރ އަބްދުﷲ ތައްޔިބު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ ކުއްޖަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ޑައިވިން ސްކޫލަށް ލިބުނީ މިއަދުގެ މެންދުރު ގާތްގަނޑަކަށް 2:25 ގައި ކަމަށް ތައްޔިބު ވިދާޅުވިއެވެ.

“ބްރިޖްކައިރިއަށް ދަތުރު ގޮސް ތިބި ކުދިންގެ ތެރެއިން ކުއްޖަކު ޑައިވިން ސްކޫލަށް ގުޅާފައި ބުނީ ކުއްޖަކު ގެންބިގެންނޭ މި އުޅެނީ. ދެން ވަގުތުން ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެ ކުއްޖާ ފެނޭ ތޯ ބެލީ.” ތޮއްޔިބު ކިޔައިދެއްވިއެވެ

ޖައިޝަމް ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ގަޑިއެއްގެ އިރުފަހުން މޫދުގެ 3 މީޓަރ އަޑިން ، ތޮއްޔިބް އަށެވެ.

“ނެގި އިރުވެސް އެނގޭ މަރުވެފައި ކަން . ގެނބުނުތާ ފުދޭ ވަރަކަށް ގިނަ އިރުވެސް އޭރު ވެދާނެ” ތައްޔިބު މައުލޫމާތު ދެއްވިއެވެ.

ޖައިޝަމް އާއި އޭނާގެ އެކުވެރިން މިއަދު ބްރިޖު ސަރަހައްދަށް ދަތުރު ދިޔައީ އައްޑޫހައިސްކޫލުގެ ގްރޭޑް 12 އިން ގްރެޖުއޭޓު ވުމުން އެކަމުގެ އުފާފާޅުކުރުމަށެވެ. މި ދަތުރުގައި އެމީހުންނާ އެކު ދިޔަ އެހެން ކުއްޖަކު ބުނީ ޖައިޝަންއަށް މާ ރަނގަޅަކަށް ފަތަން ނޭނގޭ ކަމަށާއި އެކުދިންނާއެކު ދިޔަ ގިނަ ކުދިންނަށް މޮޅަށް ފަތަން ނޭނގޭ ކަމަށެވެ.