English Edition
Dhivehi Edition

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމު ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ފަށައިފިއެވެ.

. މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ ހާއްސަ ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެެވެ.

އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އިބްރާހީމް މުހައްމަދު ސޯލިހް ވާނީ ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް އަށެވެ.

އިބްރާހީމް މުހައްމަދު ސޯލިހް އުފަންވެވަޑައިގަތީ ޅ. ހިންނަވަރަށް 1962 ވަނަ އަހަރުގަ އެވެ. އެމަނިކުފާނު ވަނީ 1994 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާކުރެއްވުމާ ހަމައަށް 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހަކީ ބަސް މަދު އަހްލާގު ރަނގަޅު އަދި އެންމެންގެ ވާހަކަތައް ވެސް އަޑުއައްސަވާ މަޝްވަރާއަށް އިސްކަންދެއްވާ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު އެއްބަސްވާ ބޭފުޅެކެވެ.