English Edition
Dhivehi Edition

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރުން މިރޭ ކުރިއަށް ގެންދަން ނިންމަވައިފި އެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރުގައި އުފައްދާ 19 މިނިސްޓްރީއަށް ބޭފުޅުން އައްޔަން ކުރައްވައި މަގާމާ ހަވާލުވެވަޑައިގަތުން އޮންނާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީއާ އެކު ރައީސް އޮފީހުގައި އިބޫ ބާއްވަވާ ބައްދަލުވުމަކަށް ފަހު އެވެ

ކެބިނެޓަށް އައްޔަން ކުރައްވާނެ މިނިސްޓަރުންނާ ބެހޭ ގޮތުން މިހާރު އާންމުންގެ ތެރޭގައި އެކި ވާހަކަތައް ދެއްކެވެމުންދާއިރު ކެބިނެޓާ ބެހޭ ގޮތުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރައްވާނީ ނަޒާހާތްތެރި ގާބިލު ބޭފުޅުން ކަމަށެވެ

އިބޫގެ ސަރުކާރުގައި، އަލަށް އުފައްދަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.