English Edition
Dhivehi Edition

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން ކަމަށް އެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ އެ ހަތަރު ލީޑަރުން ކަމަށް އެއްބަސްވެފައިވާ ކަމަށާއި އަދި އެއީ ހުރިހާ ރައްޔިތުންގެ ހިއްސާ ކަމަށެވެ

އިބޫ ވިދާޅުވީ، ކޮންމެ މަހަކު އެއް ފަހަރު ހަތަރު ލީޑަރުންގެ މެދުގައި މަދުވެގެން އެއް ބައްދަލުވުން ބޭއްވުމަށް މިއަދު އެއްބަސްވެވަޑައިގެންނެވި ކަމަށާއި އަދި ލީޑަރުންގެ މަސައްކަތްތަކަށް ބެލުމަށް ފަހު، އިތުރު ބައްދަލުވުމެއް ބާއްވަން ބޭނުންނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ

މީގެ އިތުރުން މައުމޫން ވިދާޅުވީ، އާ ރައީސް އިބޫ އަދި އާ ނައިބު ރައީސް ފައިސަލް އަކީ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންނެވި ދެ ބޭފުޅުން ކަމަށެވެ. އަދި ކުރިން ފެނިގެން ދިޔަ ފަދަ ކަންތައްތަކެއް ރާއްޖޭގައި ދެން ފެންނަން އެދިވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވިއެވެ