English Edition
Dhivehi Edition

ސާގު ނުވަތަ އިނގިރޭސި ބަހުން ކިޔާނަމަ “ސަގޯ” އަކީ ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.ހުދު ކުލައިގައި ފުއްފުކަށް ވަށްކޮށް ހުންނަ ސާގު ކެއްކީމާ ފުއްތައް ހުންނާނީ މަސްލައިފައި ހުންނަ ގޮތަށެވެ. ސާގުން ބޮނޑިބަތާއި ޕުޑިން,ބޯކިބާ އަދި އެކިކަހަލަ ފަނިފަދަ ތަކެތި ތައްޔާރު ކުރެވެއެވެ.ސާގުގައި ކާބޯ ހައިޑްރޭޓް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.

ރޯދައަށް ހުންނައިރު ހަށިގަނޑަށް ފައިދާ ހުރި އަދި ހަށިގަނޑަށް ފިނިކަމެއް ގެނެސް ތާޒާކަންމަތީ ބަހައްޓުވައިދޭ ކާއެއްޗެހި ބޭނުންކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެގޮތުން ސާގު ފަނި ނުވަތަ ސާގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮންމެ ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭނެ އެއްޗެކެވެ..

ސާގުން ލިއްބައިދޭ ފައިދާތަކަށް ބަލާއިރު ސާގުގައި ވަރަށް ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނިފައިވުމުން މިއިން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހަށިގަނޑަށް ފިނި ކަމާއި ތާޒާކަން ގެނުވައިދެއެވެ.ސާގަކީ ވަރަށް ފަސޭހައިން ހަޖަމް ވާ އެއްޗަކަށް ވުމުން ރޯދައަށް ހުންނަ އިރު ބަނޑަށް ދިމާވާ ތަފާތު މައްސަލަ ތަކުން ސާގު ބުއިމުން ދުރު ކޮށްދެއެވެ.

100 ގްރާމްގެ ސާގުގައި 355 ކެލޮރީސް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 94 ގްރާމްގެ ކާބޯހައިޑްރޭޓްސް،05ގްރާމްގެ ފައިބަރ، 0.2 ގްރާމް ޕްރޮޓީން އަދި 10 މިލި ގްރާމް ކެލްޝިއަމްއެވެ.