English Edition
Dhivehi Edition

ސްރީ ލަންކާގެ ޕާލަމެންޓް އުވާލަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވި ނިންމެވުމުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ

އުއްތަމަ ފަނޑިޔާރު ނަލިން ޕެރާރާ ރިޔާސަތު ބެލެހެއްޓި ތިން ފަނޑިޔާރުންގެ ބެންޗުން ހުކުމް އިއްވި އިރު ސުޕްރީމް ކޯޓުގެ ބޭރުގައި ފުލުހުންނާއި ހަތިޔާރު އެޅި ކޮމާންޑޯ އިން ދިޔައީ ފޯރިމަރަމުންނެވެ.

އިއްޔެ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަވަސް އިންތިޚާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވެސް އަމުރުކޮށްފައެވެ

ޕާލަމެންޓް އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީ އާއި ތަމަޅަ ޕާޓީ، ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އަދި ވާތުފިޔައިގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) އިންނެވެ

ލަންކާގެ ސިޔާސީ މަސްރަހު ވަރަށް ގޯސްވެފައިވާއިރު މި މައްސަލަތައް ފެށުނީ މިދިޔަ މަހު 26 ވަނަ ދުވަހު ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމުންނެވެ.