ކޮރަޕްޝަން އަކީ ހަމައެކަނި ފައިސާގެ ކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ އާދަން ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަން އަކީ ބޮޑު ޤައުމީ މައްސަލައެއް ކަމަށާއި އެވާހަކަ ދައްކާތީ ބައެއްމީހުން ވަރަށް ކަންބޮޑުވާކަމަށެވެ. “ކޮރަޕްޝަން އަކީ ހަމައެކަނި ފައިސާގެ ޙިޔާނާތެއް ނޫން,ބަޤާވާތް ކުރުމަކީވެސް ވަކިން ބޮޑު ޙިޔާނާތެއް.މަޤާމާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ކުރުމަކީވެސް ކުރުމަކީވެސް ކޮރަޕްޝަން”އާދަމް ޝަރީފް ވިދާޅުވިއެވެ
މީގެ އިތުރުން އާދަމް ޝަރީފްވަނީ މި ޕޯސްޓްގައި ޑރ.އަފްރާޝީމްގެ މަރާއި ގުޅޭގޮތުންވެސް މިވާހަކަ ދައްކަވާފައެވެ.މިގޮތުން އާދަމް ޝަރީފް ވަނީ ޑރ.އަފްރާޝީމްގެ މަރާގުޅޭ މައުލޫމާތު އިނގޭ މީހުން އެ ވާހަކަ ނުދައްކާ މަޑުކުރަނީ ކޮރަޕްޝަންގެ ކަމެއް އެކަމުގައި އުޅޭތީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.މީގެ އިތުރުން މިނިސްޓާރ ވިދާޅުވީ އެފަދަ ވާހަކަތައް ހާމަކުރާނަމަ އެގޮތަށް މަރާލާފައިވާ ރ.މީދޫ އަނަސްފަދަ އެތައް ބައެއްގެ އިންސާފު ހޯދަން ފަސޭހަވާނޭކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މީހުންގެ މަރުގެ އިންސާފު ނުލިބެނީ އަދި އިންސާފު ލިބުން ލަސްވަނީވެސް ކޮރަޕްޝަންއާއި ނުފޫޒު އެކަމުގެ ތެރެއަށް ވަންނާތީކަމަށެވެ.