English Edition
Dhivehi Edition

ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ ފިރިހެނަކު ވެގެން އެ އަންހެން ކުއްޖާ ރޭޕުކޮށްފައިވަނީ ނެއިބަހުޑް އެކެއްގައި އެޗްޑީސީ އިމާރާތުގެ ފަހަތުގައި އޮންނަ ޕާކު ތެރޭގައެވެ.

އެޗްޑީސީ އިމާރާތާއި ނެއިބަހުޑް އެކެއްގައި ހުންނަ ބޮޑު މިސްކިތާއި ދެމެދު އޮންނަ ޕާކު ތަރައްގީ ކުރުމަށް ޕާކުގެ ބައެއް ހިސާބުތައް ޓިނު ޖަހާ ބަންދުކޮށްފައިވާ އިރު، ރޭގަނޑު އެ ސަރަހައްދު އޮންނަނީ ވަރަށް އަނދިރިކޮށް ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކުރިކަން އެނގިފައެއް ނުވެއެވެ. މިމައްސަލަ މިހާރު ފުލުހުން ދަނީއިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ޙަބަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.