English Edition
Dhivehi Edition

ލަވަބާޒީ ކުޅުމަށްފަހު އެމީހުން އެމީހުން ފޯނު ނަމްބަރުވެސް ހިއްސާކޮށްލިއެވެ. ދަތުރު ނިމިގެންދިޔައީ ވަރަށް އުފާވެރިކޮށެވެ.

ޝަފްރާޒް ވެސް ގެޔަށް އައީ ގޭގައިވާ އޭނާގެ އަންހެނުންނަށް ދޭން ހަދިޔާއެއްޗެއް ވެސް ހިފައިގެންނެވެ. އެއީ އޭނާގެ އަބަދުގެ އާދައެވެ.

ގެޔަށް އައިއިރު އޭނާގެ އަންހެނުން ޝައިނާ ހުރީ ހިތްހަމަ ނުޖެފައެވެ. މާބޮޑަށް ލަސްވީމައެވެ. މިއަދު ދަތުރު ދިޔަކަން މާފަހުން އެނގި އެދަތުރުގައި އޭނާ ނުގެންދިޔައީމައެވެ.

ޝައިނާ މަސަލަސް ކުރަން ޝަފްރާޒަށް ކުޑަވަގުތު ކޮޅެއް ނެގިއެވެ.

“އަހަރެން ހުރީ އަހަރެންގެ ވަރަށް ގާތް ދުވަސްވީ ރައްޓެއްސަކަށް މިގެޔަށް އަންނަން ދައުވަތުދީފަ. އޭނާވެސް ނައި. އެކަމާ ބޮޑަށް ދެރަވަނީ” އެނދުގައި ޝަފްރާޒް އާއިއެކޮށް އޮށޯވެލަމުން ޝައިނާ ކިޔާދިނެވެ. ޝަފްރާޒް ގެނައީ ކޮންއެއްޗެއްތޯ ޝައިނާ ބަލާލިއެވެ. ޗޮކްލެޓް ފޮއްޓެކެވެ. ޝައިނާ ހެމުން ހެމުން ޗޮކްލެޓް ފޮށި ހުޅުވައިގެން ކާންފެށިއެވެ. ކުޑަކުއްޖެކޭ އެއްގޮތަށެވެ. މުޅި މޫނުމަތީގަވެސް ޗޮކްލެޓެވެ. ޝަފްރާޒް އޭނާގެ މައުސޫމް އަަނބިމީހާއަށް ބަލާލަފަ އި ހިނިތުންވެލިއެވެ.

“ކޮންނަމެއްކިޔާ ރައްޓެއްސެއް މަދަންނާނެތަ އޭނާ”

“ޝަފްރާޒް އަކަށް ނޭނގޭނެ އޭނާއެއް އެއީ މަގޭ ކުޑައިރުގެ ރައްޓެއްސެއް އިއްޔެގައި ދިމާވީ ބާޒާރުގައި އުޅެނިކޮށް” ޝައިނާ ވަރަށް ބޮޑަށް ޝީތަލްގެ ވާހަކަ ހީހީފަ ޝަފްރާޒް އަށް ކިޔާދިނެވެ. ޝަފްރާޒް ހަމައެކަނި ހޫން އެއް އަޅުވާލަނީއެވެ.

އެވަގުތު ޝީތަލް މެސެޖް ކުރިއެވެ. ނާދެވުނީތީ މާފަށް އެދެންވެގެންނެވެ. ޝައިނާ ޝަފްރާޒްއަށް މެސެޖް ދައްކާލިއެވެ.

އެދެމީހުންނިދަން ތައްޔާރުވީ ހުރިހާ މައްސަލައެއް ނިންމާ ހިންހަމަޖެހިގެންނެވެ. ކޮންމެ އަންބަކާއި ފިރިއެއްގެ ދެމެދުވާން ވާނީ އެގޮތަށެވެ.

ވެހެމުންދިޔަ ވާރެޔަށް ނަޒަރު ހުއްޓައިލައިގެން ކުޑަދޮރު ކައިރީގައި ޝީތަލް ހުއްޓައި ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅަނީ ކާކުތޯ ނުވެސް ބަލައި ކަންފަތުގައި ފޯނު ޖައްސައިލިއެވެ. .

އެއީ އާންތުއެވެ. އޭނާގެ ޒަމާންވީ ޝަކުވާއެވެ. ދަރިއެއް ލިބުމުގެ ނަސީބުން މަހުރޫމް ވެފައިވާތީ ކުރާ ހިތާމަ ހިއްސާ ކުރަނީއެވެ.

” ޝީތަލް މިއީ ބުނެލަން އަހަންނަށް ފަސޭހަވާހަކައެއް ނޫން އަހަރެން ބޭނުންވީ ދަރިއެއް ކޮންމެ ކަހަލަ ވިޔަސްް ވަރިހަމަ އަންހެނެއް ފިރިހެނެއް މިޒަމާނުގަ ނޯންނާނެދޯ ދަރިއެއް ވާނީ ދަރިޔަކަށް. ކުރި ހުރިހާ ކަމަކުންލިބުނީ މާޔޫސްކަން. މަންމައެއްގެ ޝަރަފެއް ނުލިބުނު. ރައްޓެހިންގެ ސުވާލުތަކަށް ދޭނެ ޖަވާބު ހުސްވެ، ޝަކުވާތަކުން އަހަރެންގެ ހިތް ފުރޭ. ކުދިން އުރައިގެން ހިނގާ އަންހެނުންނާ ދިމާއަށް ހަސަދައިގެ ނަޒަރުން ބެލެން ފެށޭ. ކޮންމެ ނަމާދަކަށް ފަހު އަހަރެން ދުޢާކުރަން. މިހާރު 15 އަހަރުވީ ލިބުނު އޯގާތެރި ފިރިމީހާ އަހަރެން ދޫކޮށްލަފާނެ ކަމުގެ ބިރު ހީވާން ފަށައިފި.”

ޝީތަލް ވަރަށް ބޮޑަށް އާންތުއަށް ހިތްވަރުދިނެވެ. ފަހުން ދަރިޔަކު ހޯދުމަށް އިންޑިޔާއަށް ދިޔުމަށް ނަސީހަތްދިނެވެ. ކުރާފްޓު ހޮސްޕިޓަލްގެ މޮޅުވާހަކަ އެވެ. ދަރިންނުލިބި ތިބި އެތައް ބަޔަކަށް އުފާވެރި ޙަބަރު އެތަނުގެ ބޭސްފަރުވާއިން ލިބުނު ވާހަކައެކެވެ. އާންތުއާއި ޝީތަލް ފޯނުބޭއްވީ އާންތުއަށް ފޮނި ހުވަފެންތަކެއްގެ މަންޒިލް ދައްކާފައެވެ.

” ކޮބާ ތިގެޔަށް ކިޔާނަންބުނެބަލަ. އަހަރެން މިހިރީ ކާރަށް ގުޅައިގެން ތިގެޔަށްދާން މިއަރަނީ” ޝީތަލް ފޯނުން ޝައިނާއަށް ގުޅާފަ ބުނެލިއެވެ.

ހިނދުކޮޅެއްގެ ތެރޭ ޝީތަލް ހުރީ ޝައިނާމެންގެ ގޭގައެވެ. ޝީތަލްގެ އަންނަންދެން ދޮރާށި ކާރީ ޝައިނާ ހުއްޓެވެ. ދެއެކުވެރިން ސަލާމް ކުރުމަށްފަހު ގެޔަށްވަނެވެ. ވާހަކަދައްކަމުން ގޭގެ ސިޓިންރޫމާއި ހަމަޔަށް ގޮސް ސިޓިންރޫމް ގޮޑީގައި ޝީތަލް އިށީނެވެ. އެވަގުތު ސިޓިންރޫމް ފާރުގައި އަޅުވާފަވާ ފޮޓޯ ލޯގަނޑު ބަލާފަ ޝީތަލް ހައިރާންވިއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެއީ އިއްޔެގައި ދަތުރުކުރި ތަނުން ދިމާވި އާ އެކުވެރިޔާއެވެ. އެކަމަކު އޭނާއާއި ޝައިނާ އެކުގައި މިފޮޓޯ ނަގާފަ މިއިނީ ކީއްވެ ބާވައެވެ. ޝީތަލް ގެއްލިފައި އެފޮޓޯ ގަނޑު ކާރީ ހުއްޓިލައިގެން ހުއްޓާ ޝައިނާ ސަައިހިފައިގެން އައެވެ.

” ތިއީ މަގޭ ފިރިމީހާ .. އޭއި ތީނަ ދަންނަންތަ؟”

” އާން ދަންނަން މީނަޔަކީ އަހަރެންމެން އޮފީސް ލޯޔަރު” ޝީތަލް އަނެއްކާވެސް އިށީންނަމުން ބުނެލިއެވެ. ދެން އެދެމިހުން ދެއްކީ އިއްޔެގެ ދަތުރުގެ ވާހަކައެވެ. ޝީތަލްއަށް ޝަފްރާޒް ދިމާވިގޮތުގެ ވާހަކައެވެ. އާންުތުގެ ވާހަކައެވެ.

“ބަލަ މިއީތަ އެއްކަލަ ފޭސްބުކް އިން ކަލޭ ވާހަކަ ދެއްކި މީހަކީ” ކޮންމެވެސް އެއްޗެއް ހަދާންވެގެން އަވަހަށް ޝީތަލް އަހާލިއެވެ.

“އަސްތާނޫން މިއީ އޭނާއެއް ނޫން” މާޔޫސް އަޑަކުން ޝައިނާ ބުނެލިއެވެ.

“ކިހިނެއްވީ މާދެރަވެފަ އެހެންތިބުނީ އޭނާގެ ވާހަކަ ކިޔާދީބަލަ” ޝީތަލް ކުރުނުކޮށް އަަހަންެފެށިއެވެ

“ހޫން އަހަރެންނަށް އޮތީ ފޮނި ވާހަކައެއްނޫން އޭނާއާއި ބެހޭގޮތުން ދައްކަން އެހެންވެ އެވާހަކަ ނުދައްކަން މިއިންނަނީ”

“އެކަމަކުވެސް ހެޔޮ ކަލެއް ދިމާވާކޮންމެ ކަމަކީ މަށަށް އިބްރަތްތެރި ފިލާވަޅެއް ކިޔާދިބަލަ ކިހިނެތްތަ ވީ” ޝީތަލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“އަހަރެން އެދުވަހުންފެށިގެން ވަރަށް ގާތްކޮށް ވާހަކަ ދެެއްކިން. ފޯނުން.. ތަފާތު ފޮޓޯތައް އަހަރެން އޭނާއާއި ހިއްސާކުރިން އޭނާގެ ފޮޓޯ އޭނާއެއް އަހަރެންނަށް ނުފޮނުވާ.. އޭނާގެ ކޮއްކޮ ރުބީގެ ފޮޓޯތަކުން އޭނާ އަހަރެންގެ ފޮޓޯފޮތް ފުރާލަދިން… އެއީ ލޯބި ކުޑަކުއްޖެއްގެ ފޮޓޯ.. އެއްދުވަހުވެސް އޭނާ ވައިބާއިން ވާހަކަ ދައްކަން ތައްޔާރެއް ނުވި.. އެކަަމަކު ރޭއަލިވަންދެން ފޯނުން ވާހަކަ ދެއްކަމެވެ. އޭނާގެ ޖާދުލުގެ ލަވަތަކުން އަހަރެންގެ ހިތް އޭނާ ފަތަހަ ކުރި.. ތެދަށް ބުނާނަމަ އަހަރެންނަށް އޭނަދެކެ ލޯބިވެވުނު. ހިތުގެ އެންމެ ފުންމިނުން އޭނާއަށް އިހްތިރާމާއި ލޯބި ދެވުނު.އަހަރެން އޭނާނުދެކެން ވައިބާއިންވެސް ކޮންމެ ހެން އަހަރެން މީހަކު ބަލާކަށް ބޭނުމެއްނުވި މިހާ ހުންނަ ސިފަޔަކީ އަހަރެން ވިސްނި އެއްޗެއް ނޫން ﷲ ހައްދަވާފައިވާ އެއްވެސް އިންސާނަކު ސިފަކިޔަން އަހަރެން މީކާކު. ސިފަޔަކީ މީހާގެ އުޅުން ނޫންތަ؟ އަހަރެން ބޭނުންވީ އަހަރެންދެކެ ލޯބިވާނެ މީހެއް އަހަރެންނަށް ކުށްހީއެއް ކުރެވުނީ އޭނާއާއި މެދުހަމައެކަނި އަހަރެންނަށް އިވުނީ އޭނާގެ ފޮނި ވާހަކަ ތަކުގެ އަޑު އަހަރެންގެ ހިތްބުނީ އޭނާވެސް އަހަރެންނާއި ގަޔާވެއޭ އެކަމަކު އެއީ ކުށް ހީއެއް ޝީތަލް އަހަރެން ވިސްނީ އޭނާއަކީ އަހަރެންގެ އެންމެ ފަހުގެ މަންޒިލް ކަމަށް. އެކަމަކު އޭނާގެ ވިސްނުން ވަރަށް ތަފާތު އަހަރެންގެ ހިތުގެ ޖަޒްބާތު ނޭނގި އަހަރެންކާރީ އޭނާ ދެއްކި ވާހަކަ ތަކުން އަހަރެންގެ ހިތް ހަލާކުވި. އޭނާގަޔާވީ އަހަރެންގެ އެކުވެރިންނާ. ޗާލޭ މަގޭރަންކޮޅާ ކިޔާދޭ އަހަރެންގެ އެކުވެރިންނާ އޭނާ މާގަޔާވާ ވާހަކަ އޭނާ އެއްވެސް ބަލާލުމެއްނެތި އަހަރެން ކާރީ ބުނެލި.އަހަރެންނާ މެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަން އަހަރެންނަށް އެނގުނު. ވަރަށް ފާޅުގަ އޭނާ ބުނެ އިއުލާންކުރީ އަހަރެންގެ އެކުވެރިންނަށް އޭނާ ކުރިތައުރީފް ހިތާމައިން އަހަރެންގެ ހިތްމޯޅިވި.. އަހަރެންގެ މައުސޫމް ކަމުގެ މައްޗަށް އަމިއްލަ ނަފްސާ ޝަކުވާކުރިން ކާކުކަން ނުވެސް ދަންނަ މީހުނާ ވާހަކަ ދެއްކުނު ކަމުގެ މޮޔަ ހީވި އަދި އެއާއިއެކު އަމިއްލަ ހިތްއޭނާ މަށްޗަށް ފިދާކުރެވުނީތީ ނަފްސުދެކެ ރުޅިއާދެވުނު. އަހަރެން ވަގުތުން އޭނާގެ ނަމްބަރު ބޮލޮކް ކޮށް އަހަރެންގެ ފޯނުން އޭނަގެ ނަންވެސް ފޮހެލިން އަދި ފޭސްބުކްއިންވެސް އަހަރެން އޭނާ ބުލޮކް ކޮށްލިން އަދި އަހަރެންގެ ހިތުން ވެސް އޭނާގެ ނަން ފޮހެލިން އެއީ ހުވަފެނެއް އަހަރެންގެ ދުނިޔޭން ތެދުވެރީން ހުސްވެ ނިމިއްޖެ.” ކަރުނަ ފޮހެލަމުން ޝައިނާ ބުނެލިއެވެ. އަދި ސައިގެ ކޯވަރެއް ބޯލިއެވެ.

“ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތައް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން”

ޝީތަލް ޝައިނާއަށް ނަސޭހަތްތެރިވިއެވެެ.

ނުނިމޭ

1 ކޮމެންޓް
Someone
ނޮވެމްބަރު 11, 2018
Waiting for the next part ... Nice story.