English Edition
Dhivehi Edition

ހެނދުނު ފޭސް ބުކް ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ.

ނުދަންނަ ނަމެކެވެ. އެހެންވެ އެ އެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ އަމިއްލަ ނަމަށް އޭނާވަނީ ހިތުން އެއްޗެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަ ކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތައް ފޭސްބުކްގައި ލިއެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ.

އެމީހަކު އަމިއްލަ ނަފްސަށް ދީފައި އިނީ އެއްވެސް މީހަކު ރުޅިއައިސްގެންވެސް އަނެކާ އަށް މުޚާތަބް ނުކުރާނެ ނަމެކެވެ. ވާނީ އެހެން ނޫންހެއްޔެވެ. ޚުދު އެލިޔުނު މީހާއަށް ވެސް އޭނާ ލިއެފައި އިނީ ކޯއްޗެއްކަމެއް ނޭގެނެއެވެ. ޝައިނާގެ އާދައިގެ ގޮތުން އެމެސެޖް ހުޅުވާލިއެވެ. ކޮންމެވެސް އެއްޗެކޭ ނުބުނެ ހުރުން އެއީ ޝައިނާގެ ފިތުރަތެއް ނޫނޭވެ. އަދި ލިޔަންފެށިއެވެ

” ކަލޭ އަމިއްލަޔަށް ކަލެތީ ޝައިތޯނެކޭ އެހެންބަހަކުން ތިބުނަނީ ކަލޭތީ ފަހެ ހާދަ މޮޔަ މީހެކެވެ. މޮޔަ އަދި ބޭރުބަސްތައް ނުދަންނަ ދިވެހިންނަށް ތިޔަ ބުނާ ބަހުގެ މާނަ ނޭނގި ކަލެއަށް ލައިކް ދިނަސް ތިޔަ ބަސް ދަންނަ އަހަރެން ކަހަލަ މީހުން ބުނާނީ ކަލޭތީ ފައްކާ މޮޔައެކޭ ”

އެމިހާގެ ޖަވާބެއް ނާދެއެވެ. އަނެއްކާވެސް ޝައިނާ ލިޔަންފެށިއެވެ.

“ބުނަންތަ ވާހަކައެއް ކަލޭ ގަދަވާންވެގެން މާކޫލް މިހެއް ކަމަށް ހެދިގެން ނުދަންނަ ބަހަކުން ތިޔަ ބުނެވެނީ އަމިއްލަޔަށް ތިމަންނަމީ ޝައިތާނެކޭ”

ޔަގީނުންވެސް މިމީހާޔަކީ މިބަސް ނުދަންނަ މީހެކެވެ. ނޫނީ މޮޔައެކެވެ. ޝައިނާ ހިތާހިތާ ކިޔާލިއެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުން ޝައިނާގެ ފޯނަށް މެސެޖް އައި އަޑު އިވިއްޖެއެވެ.

“ދެންކަލޭ ބުނެބަލަ އަހަރެންގެ ޕޮޓޯއަށް އަހަރެން ދޭންވާނަމެއް” އެމީހާ ޝައިނާ ފޮނުވާފައިވާ މެސެޖްގެ ޖަވާބު ދެނީއެވެ. ދެމީހުން ފޭސް ބުކްއިންއެވާހަކަ ވަރަށް ތަފްސީލްކޮށް ދެއްކިއެވެ. ނަންތަަކާ ބެހޭގޮތުންނެވެ. ތަފާތު ނަންތައް ޝައިނާ ހުށައެޅިއެވެ.. އެމީހާ ރުޅިއައުމުގެ ބަދަލުގައި ގައި ޝައިނާ އާއި މަޝްވަރާ ކުރީއެވެ. ޝައިނާ ގެ ޚިޔާލުތަކަށް އިހްތިރާމް ކޮށްފަ ފޭސް ބުކްގައި އެމީހާގެ ނަންކާރީ ރީތި ނަމެއް ޖަހާލިއެވެ. އެމީހާގެ މި މައުސޫމް އަދާއަށް ޝައިނާގެ ހިތުގެ ފުންމިނުން ޖާގަ ހޯދުމުގައި އޭނާ ކާމިޔާބުވިއެވެ.

ޝީތަލް އާއި ޝައިނާ އަކީ ގާތް ދެރަހްމަތްތެރިންނެވެ. ޝައިނާގެ ދުވަހުގެ މުޅި ޑައިރީ ޝީތަލްގެ ކުރިމަތީ ހުޅުވާލައެވެ. އެއްވެސް ސިއްރެއް ނުބާއްވައެވެ. ފޭސް ބުކް އިން އަލަށް މިދިމާވި މީހާގެ ވާހަކަވެސް ހީހީފއި އޭނާ ޝީތަލަށް ކިޔާދިނެވެ.

“އަނެއްކާ ކަލޭ އެންމެ ފަހުން އޭނާދެކެ ލޯބިވާނީތަ؟” ޝިތަލް މަޖާވެފައި ބުންޏެވެ.

“ކޮންތާކު އެއީ އަދި ޅަ ކުއްޖެއް އެންމެ 25 އަހަރުގެ ޒުވާނެއް. މައެބައުޅެންތަ ތިކަހަލަ މޮޔަކަމެއް ކުރަން”

ޝީތަލްވެސް ހަމަ އެފަދައެވެ. އޭނާގެ ފިރިމީހާއާއި އޭނާގެ ޒުވާބުގެ ވާހަކަ ފަލްސަފާއެއްހެން ޝައިނާގެ ކުރިމަތީ ހުޅުވާލައެވެ. ޝައިނާ ހަމައެކަނި ހޫން އެއް އަޅުވާލަނީއެވެ. އެއްވެސް ކޮޅަކަށް ބުރަވާގޮތަށް ވާހަކަ ނުދައްކައެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ މިނިވަންކަން. އޭނާ ކާރިން ވަރިވާން” ޝިތަލް ދަބަހަށް ފޯނުލަމުން ސައިކަލަށް އަރަމުން ބުނެލިއެވެ.

އާންމުކޮށް މިދެވެރިން ބައްދަލު ވެއްޖެއްޔާ ސައިކަލް ދުއްވަން ދިޔުމަކީ ވަރަށް ބޮޑު އާދައެކެވެ. ސައިކަލް ދުއްވަނީ އަބަދުވެސް ޝީތަލްއެވެ. ފަހަތުގައި އިންނަނީ ޝައިނާއެވެ.

ވަރިވުން ނޫން ހަމަ އެއްވެސް ގޮތެއް ނެތީތަ؟

މާޔޫސް އަޑަކުން ޝައިނާ ބުނެލިއެވެ.

“އެކަމާ ވަރަށް ވިސްނައިފިން. އެތައް ދުވަހެއް ވަންދެން ވިސްނައިފިން.” ކަރުނަ ވީއަޑަކުން ޝީތަލް ބުނެލިއެވެ.

“ކޯޓަށް އަހަރެން ވަނީ މައްސަލަ ހުށައަޅާފަ.” ޝީތަލް ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

“ކޯޓުން ސުވާލު ކުރި ގާޒީ އެންމެ ފަހުން އަހަރެންގެ ހުށަހެޅުން ނޯޓްކުރި”. އަނެއްކާވެސް ޝީތަލް ބުނެލިއެވެ.

“އެއްވެސް ކަމެއް މާއަވަސް އަރުވާލައިގެން ކުރުން ބުއްދިވެރިއެއް ނޫން” ޝައިނާ އެންމެފަހުން ހަތިޔާރު ބަހައްޓަމުން ބުނެލިއެވެ.

ޝީތަލް އަށް ކޯޓަށް އަންނަން ލިބުނު ޗިޓާއި އެކު އޭނާ ވަރަށް ނަލަ ހެދިގެން ކޯޓަށް ގަޑިޔަށް ދިޔައެވެ.

އެންމެފަހުން ޝިތަލް ކާމިޔާބު ވިއެވެ. އޭނާގެ ފިރިމީހާގެ ކާރިން ވަރިވާށެވެ. އޭނާގެ މަގުސަދަކީ މިނިވަންކަމެވެ. އެމިނިވަންކަން އޭނާއަށް ހޯދާދިނީ ކޯޓުގެ ގާޒީއެވެ. އޭނާގެ ރީތިކަމުގެ ޖަޒުބާތު ކޯޓުގެ އެގާޒީވެސް އަަވަލީ ތޯއްޗެކެވެ. ނޫނީ ހަމަ އޭނާއަށް ހެޔޮ އެދެނީ ކަމަށް ގާޒީ ހެދުނީ އެވެ. އިންސާފަކީ އެއީ ބާވައެވެ. ފިރިމީހާ ވަރިކުރަން ނެތަސް ކޯޓުގެ ގާޒީ ލައްވާ ވަރި ކުރުވަނީ ކިތައް ދިވެހިން ބާވައެވެ. ނިކަމެތި ވަނީ ފިރިމީހާއެވެ. ކާމިޔާބު ލިބެނީ އަންހެން މީހާއަށެވެ.

ޒަމާންތަކެއް ޝީތަލް އާއި ޝައިނާ ދިމާނުވެ ހަބަރެއްވެސް ނުއެނގި ދިޔައެވެ.

އެސްޓީއޯ ޓުރޭޑް ސެންޓަރަށް ޝައިނާ ދިޔައީ ބާޒާރު ކުރާށެވެ. ހުރިހާ އެއްޗެއް އެއްތަނަކުން ގަންނަން ލިބޭތީއެވެ. ވަކި އަގުވެސް ބޮޑުނޫންވީމަ އާއި އެކުގައެވެ.

ހޭލަމޭލަޔަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގާތްގަޑަކަށް 5 ނުވަތަ 6 ވަރަކަށް ކައުންޓަރު ހުރިއިރު ހަލުއިކަމާއެކު ކޭޝިއަރުން މަސައްކަތްކުރަމުން ދާއިރު ހީވަނީ ތަނުގެ ބިޒްނަސް ވަރަށް ރަނގަޅު ހެންނެވެ. ޝައިނާ ވެސް މަޑުމަޑު ހިނގުމެއްގައި ގޮސް ޓުރޮލީއެއް ހިފައިގެން އެއްޗިހިތައް އަޅަމުން ގޮސް ކައުންޓަރަކާއި ކައިރިވެލިއެވެ.

ކައުންޓަރު ކާރީ ހުރި ކުއްޖާ ފެނިފައި ޝައިނާއަށް އުފަލުން ހަޅޭލަވައިގަނެވުނެވެ.. އެއީ ފެންނަކަމަށް ނަހަދާ ދެވޭވަރުގެ މީހެއް ނޫނެެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. އެއީ ޝީތަލް އެވެ. މިދެމީހުން މިފެނުނީ 8 އަހަރު ފަހުންވިއްޔާއެވެ.

” އެއި ޑިޔުޓީ ނިމެންދެން މަޑު ކުރާތި 3 ގަ ބަންގިޔަށް ކުލޯސް ކުރާނެ” ލާރި ކަނޑަމުން ޝީތަލް ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ޝައިނާ ބޯޖަހާލިއެވެ. އަދި އެއްޗިހި ހިފައިގެން ކައުންޓަރުގެ ފަހަތުގައި މަޑުކޮށްލިއެވެ.

“އަހަރެންގެ ވާހަކަ އޭނާ އަށް ކިޔާދޭނީ ކިހިނެއްހެއްޔެވެ؟” ޝީތަލް ހިތާހިތާ ކިޔާލިއެވެ.

ޝީތަލް މަސައްކަތް ނިންމާލާފަ ޝައިނާ ކާރިޔަށް ދިޔައެވެ. ދެމީހުން އެކުގައި ކޮފީއަކަށް ދާން ނިންމިއެވެ. ތަން އަބަދުވެސް ޑިސައިޓް ކުރަނީ ޝީތަލްއެވެ. ސަލްސާރޯޔަލް އަކީ އެދެމީހުން އަބަދުވެސް ވަންނަތަން ވީމައެވެ. އެތާ އުޅޭ ގިނަވޭޓަރުންވެސް އެދެމީހުން ފަރިތަކަމާއެކު އެނގޭނެ ކަމަށްވެސް ބަލާފައެވެ.

” އަޅެކިޔާދީބަލަ ކޮންތާކަށްތަ ދިޔައީ ކޮބާ ފިރިމީހާ” ޝައިނާ ޝީތަލް ގައިގައި ހަގު ކޮށްލަމުން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

ދެވެރިން ވަރަށް މަޖަލާއިއެކު ދެގޮނޑީގައި އިށީނެވެ.

” މަދޯ.. މަ އޭނާ ކާރިންވަރިވެގެން ދިޔައީ ކިޔަވަން ލަންކާއަށް. 7 އަހަރު ކޮށްފަ މިއައީ. ބިޒްނަަސްމެނޭޖް މަންޓުން ފުދޭވަރަކަށް ކިޔަވާލިން. ވަޒީފާ ނެތި މަގުމަތިނުވާނެތާ އަހަރެން ހެދިން ޑިޕްލޮމާއިން ބިޒްނަސް މެނޭޖްމަންޓާއި އެޑްވާންސް ފަޔާ ފައިޓިިން އާއި…ދެން އެކުން ހުންނާނީ ކުޅިވަރުގެ އެއްޗިހި އެންމެ ދަށްވާނީ ހިސާބަށް އެންމެ މޮޅުވާނީ އިނގިރޭސި. ހިސާބަށް ދަށްވީ ކޮންމެވެސް އެކުސްއެއް އޭގެތެރޭ އައިމާ..ނުލާހިކު ރަނގަޅަށް ކަނޑާ ގުނަކޮށް ހަދަނިކޮށް ފާޑެއްގެ އެކުސް އެއް ވަނީ.. އެއްދުވަހެއްގައި އެބުނާ އެކުސް ނުހޯދިގެން ބޮޅެއް އަޅާފަ މިއޮތީ އެކުސް ކިޔާފައި ތީރެއްޖަހާފަ. ދައްކާވެސްލިން އެވެސް ޓެސްޓުގަ. ވީމާ ފާހެއް ނުވި.. އިނގިރޭސިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން” ހެމުން ހެމުން ޝީތަލް އޭނާގެ ވާހަކަ ކިޔާދިނެވެ. ޝައިނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

“ދެން ކަލޭ ހެދީ ކިހިނެއް.. ކޮންތާކު މިހާރު ތިއުޅެނީ އެއްކަލަ ފޭސް ބުކްއިން ދިމާވި ކުއްޖާ އާއި އިނީތަ” ހެމުން ހެމުން ޝީތަލް އަހާލިއެވެ.

” އަހަރެން މީހަކާ އިނީ އޮބި ނޯވެގެން ރައްޓިހިވެގެން 6 މަސް ދުވަހު އުޅެފަ. ކައިވެނި ކުރީ. އާއިލާ މީހުން އަހަރެން ކުރާއެއްވެސް ކަމަކާއި ދެކޮޅެއް ނަހަދާނެވީޔާ. ކާވެނި ކުރަން ނިންމީ އޭނާގެ ރަނގަޅުކަން ފެނިފަ” އުފަލާއިއެކު ޝައިނާ ކިޔާލިއެވެ. އެދެމީހުންގެ ހަޔާތުގެ ޝީތަލްއަށް ނޭނގި ހުރި ކަންތަށް ޝައިނާ ކިޔާދެމުން ދިޔައެވެ. އެދެމީހުން އެކުގައި ހަނީމޫނަށް ދިޔަ ތަންތަނުގެ ވާހަކައެވެ. އެމީހުން އެންމެ ފުރަތަމަވެސް ހަނީމޫނަށް ދިޔައީ ލަންކާއަށެވެ. ޕާލްސިޓީ ހޮޓަލްގެ 201 އެމީހުން ނެގިވާހަކަ އެވެ. އެރޫމް ވެސް ހަމަ ޖެހިއްސީ ހަމަ ޝައިނާގެ އަލަތު ފިރިމީހާއެވެ. ޝައިނާ ގެ ކަމަކީ ހަމައެކަނި އެއްބަސް ވުމެވެ. ނުވަރަލިޔައަށް ވެސް ދިޔަ ވާހަކައެވެ. “އަހަރެންގެ ފިރިކަލުންނަކީ ވަރަށް ބިޒީމީހެއް އެހެން ވެ ގިނަ ފަހަރު ބާޒާރަށް ދަނީވެސް މައެކަނި” ޝީތަލް އިނީ ހިމޭނުންނެވެ. އެހެންޏާ ހަދާހެން އަނގަނުބާނައެވެ.

ދެ އެކުވެރިން ވަކިވީ އަދި ބައްދަލު ކުރަން ނިންމާފައެވެ. ޝައިނާ، ޝީތަލް އަށް އެމީހުންގެގެޔަށް އައުމަށްވެސް ދަޢުވަތު ދީފައެވެ.

“އެސްޓީއޯގެ އޮފީސް ދަތުރެއްގައި ޝީތަލް ކުޑަ ބަޑޮހަށް ދާން ނިންމީއެވް. ޝީތަލް ގެ ކޮއްކޮއަކީ ވެސް އެސްޓީއޯގެ ފާމަސީގައި އުޅޭކުއްޖެކެވެ. އޭނާގެ އުފަންދުވަހު އެތަނުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ރާވާދިން ދަތުރެކެވެ. އޮފީސް މަސައްކަތް ބަހައްޓާފައި ބޭރަށް ނިކުމެވޭތީ ޝީތަލް ހުރީ އުފަލުންނެވެ.

އެންމެންގޮސް އެއްބޯޓަކަށް އެރިއިރު އެއޮފީހުގެ އެހެންޑިޕާޓްމަންޓު މީހުންވެސް އެބޯޓުގައި ތިއްބެވެ. ގިނަ މޫނުތަކަކީ ޝީތަލް ދަންނަ މޫނުތަކެއް ނޫނެވެ. އެހެންވެ އޭނާ ހުރީ ހިމޭނުންނެވެ. ކޮންމެ މީހަކުވެސް ކައިރިޔަށް އައުމާއެކު ޝީތަލް ހިނިތުންވެލާފައި ސަލާމް ކޮށްލައެވެ. އޭނާގެ ކޮއްކޮ އެންމެންނާއި މަޖާ ކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. މިއީ ރިސެޕްޝަނިސްޓެކޭ ކިޔާފައި އެންމެންނަށް ޝީތަލް ތައާރަފް ކޮށްދެމުންނެވެ.

އެހުރިހާ އެކުވެރިންގެ ތެރޭ އެއްވެސް އެއްޗެކޭ ނުބުނެ މާހިމޭނުންއިން މީހަކު އިނެވެ. ޝީތަލް ސިއްރު ސިއްރުން އޭނާގެ ކޮއްކޮ ކާރިން އެއީ ކާކުތޯ އަހާލިއެވެ.

” އެއީ ހައިކޯޓުގެ އެޑް މިން އޮފްސަރ އަހްމަދު ޝަފްރާޒް. އޭނާ އަކީ ކުޅުދުއްފުށީ މީހެއް.. މިއެސްޓީއޯގެ ބައެއް ލިޔެކިޔުންތައް އޭނާ ބަލާނެ”

“މިހާރު ޝީތަލް ދެކެ އޭނާ ވަރަށް ލޯބިވެޔޭ ބުނެފިއްޔާ ބުނާނީ ކީކޭ؟” ކޮއްކޮ ޝީތަލް އާއި ކާރިޔަށް ޖެހިލާފައި އަހާލިއެވެ.

“ސާބަސް އެއީމީހެއްގެ ފިރިޔެއް ކަންނޭނގެ” ހެމުން ހެމުން ޝީތަލް ބުނެލިއެވެ.

“އަހަރެން ދައްކާނެ ބަހަނާއެއް ނެތެވެ. އަހަރެން ނާކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްހަލާކުވެ ނިމިއްޖެ”. އަނެއްކާވެސް އެހެން ރައްޓެއްސެއް ވާހަކަ ދައްކަމުން އެމީހުންކާރީ ޖޯލިފަތީ އިށީނެވެ.

ޝީތަލް އާއި އޭނާގެ ކޮއްކޮ އައިމިނަތުވެސް އެމީހުން ކާރީ އިށީނެވެ.

ވަރަށް މަޖަލުގައި އެމީހުންގެ ދަތުރު ނިމުނީ އަހްމަދު ޝަފްރާޒް އާއި ޝީތަލް ދެރަހްމަތްތެރިންގެ ގޮތުގައި ތައާރަފް ވެގެންނެވެ.

“ތިހާ ހިމޭނުން ތިއިނީ ކިހިނެއްވީ” ޝީތަލް އަހްމަދު އާއި ކާރިޔަށް މޫނު ކާރިކޮށްފަ އަހާލިއެވެ.

“އަހަރެން މިއިނީ އިއަރ ޕޮޑް ޖަހައިގެން ކަލޭމެން ދައްކާ ވާހަކަ މަށަށް އަޑެއް ނީވޭނެ” އެންމެ ފަހުން ޝަފްރާޒް ބުނެލިއެވެ.

އެމީހުން ދެންފެށީ ލަވަބާޒީ ކުޅޭށެވެ.

ނުނިމޭ