English Edition
Dhivehi Edition
ކ-ވ: ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޝަރުމީލްއާއި ޕޮލިސް ސްޓާފް ސަރޖަންޓް އާދަމް ނިޔާޒްއާއި އަދި ޕޮލިސް ސަރޖަންޓް ޝަހީމާ އާދަމް -- ފޮޓޯ: ޕޮލިސް

ތަމްރީނު ކޯހެއްގައި ބައިވެރިވުމަށް ތިން ފުލުހަކު ނޭޕާލަށް ފުރައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ، އިންޓަރޕޯލް ޕްރޮޖެކްޓް ސްކޯރޕިއަސްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕޯސްޓް ބްލާސްޓް އިންވެސްޓިގޭޝަން ޓްރެއިނިންގ ކޯހުގައި ބައިވެރިވުމަށް ނޭޕާލަށް ގޮސްފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޝަރުމީލްއާއި ޕޮލިސް ސްޓާފް ސަރޖަންޓް އާދަމް ނިޔާޒްއާއި އަދި ޕޮލިސް ސަރޖަންޓް ޝަހީމާ އާދަމް ފުޅެވެ.

މި ތިން ފުލުހުންވެސް ނޭޕާލަށް ގޮސްފައިވަނީ އޮކްޓޫބަރ 27ވަނަ ދުވަހުއެވެ.

އޮކްޓޫބަރ 29ން ނޮވެމްބަރ 2ށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ މިޓްރެއިނިންގ ކޯހުގައި، ޓެރަރިސްޓް ހަމަލައެއް ދިނުމަށް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑި) ފަދަ ޑިިވައިޒް ބޭނުންކޮށްގެން ގޮއްވާލާފައިވާ ތަންތަނާއި، އެފަދަ ހަމަލަތައް ދީފައި ހުންނަ ސީންތަކުގެ ފޮރެންސިކް މަޢުލޫމާތު ނެގުމާއި ތަޙްޤީޤުކުރާ ފަރާތްތަކަށް ބޭނުންވާނެ ހެކިތައް ހޯދުމުގެ ތަމްރީން ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިތިން ފުލުހުންގެ އިތުރުން، މާރކަސްއިވާންސް އިވެންޓްގެ ފަރާތުން ބާއްވާ 7 ވަނަ އެނުއަލް ގްލޯބަލް ހިއުމަން ރިސޯސް އެކްސެލެންސް ކޮންފަރެންސްގައި ބައިވެރި ވެލެއްވުމަށް ފުލުހުންގެ އޮފިސަރަކު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. އެގޮތުން އެ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ފުރާވަޑައިގެންފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދިލް އެވެ.