English Edition
Dhivehi Edition

ރާއްޖޭގެ ބޮޑުސަރަހައްދަކަށް މިއަދު ވެސް މޫސުންގޯސްވެ ޔެލޯއެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓްނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މީގެ އިތުރުން ޔެލޯ އެލާޓް ނެރެފައިވާ ސަހައްދު ތަކަށްބޯކޮށްވާރޭ ވެހޭނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.