އިންޑިއާގެ ގުޖުރާތުގައި 3 އަހަރުގެ ތެރޭގައި ތަފާތު އެކި އެކްސިޑެންޓްތަކުގައި 50 ސިންގާ މަރުވެފަވާކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ނުރައްކާތެރި ވައިރަހެއް ޖެހިގެން ގުޖުރާތުގައި 23 ސިންގާ މަރުވެފައިވާއިރު މިއީ މި ތިންއަހަރު މަރުވި ސިންގާތަކުގެ ތެރެއިން 20 އިންސައްތައެވެ. މިހާދިސާ ވަނީ މިހާރު ދުނިޔޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
ކާރުގެ ދަށުވެގެންނާއި ރޭލުދަށުވެގެން އަދި ވަޅުތަކަށް ވެއްޓި 50 ސިންގާ މަރުވެފައިވެއެވެ. 2016 އިން 2017 ވަނަ އަހަރާ ހަމައަށް ވަޅުތަކަށް ވެއްޓި 13 ސިންގާ މަރުވެފައިވާއިރު އެ އަހަރުގެ ތެރޭގައިވެސް ތަފާތު އެކި ގޮތްގޮތަށް 99 ސިންގާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަރުކާރުން ބުނީ މިހާރުވެސް 17,000 ހާހެއްހާ ވަޅު ހުރިއިރު ރައްކާތެރިގޮތުގައި މިތަންތަން ނުބެލިއްޖެއްޔާ މި އަދަދު އިތުރުވެގެންދާނޭ ކަމަށެވެ.
2008 ވަނައަހަރު މި ވަޅުތައް ބަންދުކުރުމަށް މާސްޓަރ ޕްލޭނެއް ހަދާފައިވެއެވެ.ނަމަވެސް އޭގެފަހުން މިކަމަށް އެއްވެސް އިތުރު އަމަކީ ހައްލެއް ގެނެވިފައެއްނުވެއެވެ.
އިންޑިއާގައި ދެން އެންމެ ގިނައިން ސިންގާ މަރުވަނީ ކަރަންޓުގައި ޖެހިގެންނެވެ. ފާއިތުވި 3 އަހަރުގެ ތެރޭގައި 9 ސިންގާ ކަރަންޓުގައިޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ،.