ސޮނީ އިން ދައްކަމުން އަންނަ މަޝްހުރު ކްރިމިނަލް އިންވެސްޓިގޭޝަން ޝޯ ސީ އައި ޑީ 21 އަހަރުގެ ދިގު މުއްދަތަކަށް ގެނެސްދިނުމަށް ފަހު ހުއްޓާލަން ނިންމައިފިއެވެ. މި ޝޯ ގައި ދަޔާ ގެ ބައި ކުޅޭ ދާޔަނަންދު ޝެޓީ ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ކުއްލިއަކަށް މި ޝޯ ހުއްޓާލަން ޖެހެނީ ޝޯގެ ޕްރޮޑިއުސަރ އާއި ޗެނަލް އާއި ދެމެދު ދެބަސްވުންތަކެއް ދިމާވެގެންނެވެ. އެންމެ ފަހުން މި ޝޯގެ އާ އެޕިސޯޑެއް ދައްކާފައި ވަނީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.
މި ޝޯގެ ވަދާއީ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ކަމާ މެދު ހިތްހަމަނުޖެހިގެން މި ޝޯގެ ފޭނުން ތަކެއް ވަނީ ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް ފަށާފައެވެ.
މިއީ ދިވެހިންގެ ތެރޭގައި ވެސް މަޤްބޫލުކަން ހޯދާފައިވާ ސީރީސް އެކެވެ.