English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގަމުގެ އިރު ދެކުނުން އެއްނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު އިއްޔެގެ ހަވީރު 16:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެދޯންޏަށް އެހީތެރި ވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 8 މީހުންނާއެކު ދަތުރުކުރި “ރެހެންދި” ނަމަކަށް ކިޔާ 40 ފޫޓްގެ މި ދޯނި އިންޖީނު ހުއްޓިފައި ވަނީ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެގެންނެވެ.

މިހާދިސާގައި އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗް ވަނީ ދޯނި އޮތް އެސަރަހަށްދަށް ގޮސް ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ސ.ފޭދޫއިން އެ ދޯންޏަށް ގެންގޮސްދިނުމުގައި އެހީތެރިވެދީފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މި ދޯނި އިއްޔެގެ އިރުއޮއްސި 18:10 ހާއިރު ވަނީ ސަލާމަތްތެރިކަމާއެކު ސ.މަރަދޫއަށް ގޮސްފައެވެ.