English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު މާލެ-ވިލިމާލެ ކަނޑުއޮޅި ސަރަހައްދުން ބޮޑު މަހެއް ފެނިއްޖެއެވެ.މިމަސް ފެނިފައި ވަނީ ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު ބަޔަކަށެވެ.

މި މަސް ފެނުނު މީހުންވަނީ މަހުގެ ވީޑިއޯއެއް ނަގާ ސޯޝަލް މީޑިޔާއަށް އަޕްލޯޑް ކޮށްފައެވެ. އެންމެ 10 ސިކުންތުގެ ވީޑިއޯއިން ފެންނަނީ ބޮޑު މަހެއް ފެން މައްޗަށް އަރައި ނޭވާލާފައި އަޑިއަށް ދަނިކޮށެވެ.. އަޕްލޯޑްކޮށްފައިވާ ވީޑިއޯ ސޯޝަލްމީޑިޔާގައި ވައިރަލްވެފައިވާއިރު މެރިން ރިސާޗް ސެންޓަރުން ވިދާޅުވާ ގޮތުގައި މާލެ ކައިރިން ފެނުނީ “ހަމްބަލް ވޭލް” އެކެވެ.

ލަފާކުރެވޭ ގޮތުގައި އެމަހުގެ ބޮޑުމިނުގައި ހުންނާނީ ދިހަވަރަކަށް ފޫޓެވެ. އެހެންކަމުން އެއީ ހަމްބަލްވޭލްގެ ޅަ އެއްޗެއް ކަމަށް މެރިން ރިސާޗް ސެންޓަރުން ވިދާޅުވެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކިސަރަހައްދުތަކުން ބޮޑުމަސް ފެނިފައި ވެއެވެ. ނަމަވެސް އެތެރެވަރިން، ރަށެއްގެ ކައިރިން ބޮޑު މަހެއް ފެނުން އެއީ ވަރަށް ނާދިރު ކަމެކެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރަށްތައް ކައިރިން މިފަދަ މަސް ފެންނަނީ މަގު އޮޅިގެން ރަށްތައް ކައިރިއަށް އާދެވުމުންނެވެ

.