English Edition
Dhivehi Edition

މޫސުމާއި ބެހޭ މައުލޫމާތު ތަކާއި ބޮޑެތި ކާރިސާތަކުގެ އެލާޓްތައް ފޯރުކޮށް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދަރާ (މެޓް އޮފީސް) އިން މޫސުމަށް ހާއްސަ ވައިބާ ޕަބްލިކް ގްރޫޕެއް އުފައްދައިފިއެވެ.

މެޓްއޮފީހުން ކޮށްފައި ވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ ޕަބްލިކް ޗެޓުން ކޮންމެ ދުވަހެއްގެ މޫސުމާއި ބެހޭ މައުލޫމާތު ލިބޭނެ ކަމަށާއި، ބިން ހެލުމާއި، ސުނާމީ ފަދަ ކާރިސާތަކުގެ އެލާޓުގެ ވެސް ލިބޭނެ ކަމަށެވެ.

އަދި މިފަދަ ވައިބާ ޕަބްލިކް ޗެޓެއް އުފެއްދީ މުހިންމު އެލާޓުތައް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްފަހަރާ ފޯރު ކޮށްދިނުން ކަމަށް މެޓްއޮފީހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން މީގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ފޯރުކޮށްދެމުން އައީ އެ އިދާރާގެ ވެބްސައިޓް، ޓްވިޓާ އަދި ފޭސްބުކް އެކައުންޓު މެދުވެރިކޮށްގެނެވެ.

މެޓް އޮފީހުން އަލަަށް ތައާރަފް ކުރި ޕަބްލިކް ޗެޓަށް ވަނުމަށް ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.