English Edition
Dhivehi Edition

ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓެރެލޮޖިކަލް ސެންޓަރުން ލ. އަތޮޅުން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓެރޮލޮޖިކަލް ސެންޓަރ އިން ހާމަ ކުރި ގޮތުގައި ލ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިރޭގެ 01:30 އިން 05:30 އާއި ހަމައަށެވެ.

މޯލްޑިވްސް މީޓެރޮލޮޖިކަލް ސެންޓަރުން ވަނީ މިރޭ ކުރިންވެސް ތ. އަތޮޅުން ފުވައްމުލައް ސިޓީ އަށް މިރޭ ފަތިހު 04:00 އާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވާ ގޮތުން ތ. އަތޮޅުން ފުވައްމުލައް ސިޓީއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ދަރަޖަކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައިގައި ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.