އަވައްޓެރި ސްރީލަންކާއަށް ހަކުރު އިމްޕޯޓްކުރުން ހުއްޓާލައިފިއެވެ.ލަންކާއަށް ހަކުރު އެތެރެ ކުރުން ހުއްޓާލީ ދުނިޔޭގެ ބާޒާރުގައި އަދި އިންޑިއާގެ ބާޒާރުގައިވެސް ހަކުރުގެ އަގު އުފުލުމުގެ ސަބަބުންނެވެ.
ލަންކާގައި ހަކުރު އިމްޕޯޓްކުރާ އެސޯސިއޭޝަނުން ބުނި ގޮތުގައި ހަކުރުގެ އަގު ކޮންޓްރޯލުކޮށްފައި އޮންނައިރު، ބޮޑު އަގުގައި ހަކުރު އިމްޕޯޓުކުރުމުން ގެއްލުން ލިބޭކަމަށެވެ.އެ އެސޯސިއޭޝަނުން ބުނި ގޮތުގައި އިންޑިއާގެ ބާޒާރުގައި އިއްޔެ އެއް މެޓްރިކްޓަނުގެ ހަކުރު ހުރީ 340 ޑޮލަރަށެވެ. ލަންޑަންގައި އެއް މެޓްރިކް ޓަނުގެ ހަކުރު ހުރީ 400 ޑޮލަރަށެވެ.
ލަންކާއަށް ހަކުރު އިމްޕޯޓްކުރާ ފަރާތްތަކުން ބުނި ގޮތުގައި ލަންކާއަށް ހަކުރު އިމްޕޯޓްކުރާއިރު އެ ޤައުމުގެ ސަރުކާރަށް އެކި ކަހަލަ ޓެކްސް ދައްކަން ޖެހޭކަމަށެވެ.އެގޮތުން ހަކުރު ކިލޯއަކުން 44.50 ރުޕީސްގެ ޓެކްސެއް ދައްކަން ޖެހެއެވެ. އަދި ހަކުރު ކިލޯއެއް ބަނދަރަށް ބޭލުމަށް 58.50 ރުޕީސް ދައްކަން ޖެހެއެވެ. އަދި ދަތުރުފަތުރާއި ސާވިސް ޓެކްސަށް ހަކުރު ކިލޯއަކުން ތިން ރުޕީސް ދައްކަން ޖެހެއެވެ.މުޅިއެކު ކޮންމެ ހަކުރު ކިލޯއަކުން 106 ރުޕީސް ދައްކަން ޖެހެއެވެ.
ހަކުރު އިމްޕޯޓުކުރުން މަޑު ޖައްސާލުމުން، ލަންކާ ހަކުރަށް ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ. ލަންކާގައި މަހަކު 40،000 މެޓްރިކް ޓަނާއި އާއި 50،000 މެޓްރިކް ޓަނާ ދެމެދުގެ އަދަދަކަށް ހަކުރު ބޭނުންކުރެއެވެ.