އެމެރިކާގެ ލަވަކިޔުންތެރިއާ އަދި އެކްޓްރެސް ސެލީނާގޮމޭޒް ނަފްސާނީ ބައްޔަށް ބޭސްކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
ހަބަރުތައްބުނާގޮތުގައި ފާއިތުވެ ދިޔަދެހަފްތާގައި ސެލީނާ އަށް ފަރުވާދިނުމަށް ދެފަހަރެއްގެ މަތިން ސެޑާސް-ސިނައި މެޑިކަލް ސެންޓަރގައި އެޑްމިޓްކޮށްފައި ވެއެވެ. އަދި ދެވަނަފަހަރު އެޑްމިޓްކުރި އިރުއޭނަގެ ހާލު ވަރަށް ގޯސްކަމަށާއި ކިޑްނީ ޓްރާންސްޕްލާންޓް ހެދިފަހުން ވައިޓް ބްލަޑްސެލް ހަށިގަނޑުން ވަރަށް ދަށްވެފައިވާ ކަމަށް ސެލީނާގެ ޑޮކްޓަރާ ހަވާލާދީ ޓީއެމްޒެޑްގައި ބުނެފައިވެއެވެ.
ޓީއެމްޒެޑްގައި ބުނެފައިވާގޮތުގައި މިދިޔަހަފްތާގައި ސެލީނާ ވަރަށްބޮޑަށް ބަލިވުމުން އެޑްމިޓްކޮށްފައި އޮތްވާ އޭނަވަނީ އަތަށްގުޅާފައިވާ އައިވީ ކަށި އަމިއްލައަށް ނެއްޓުމަށްފަހު ފިލަންމަސައްކަތް ކޮށްފައެވެ. ނަމަވެސް އެވަގުތު ޑޮކްޓަރުންވަނީ އޭނަ އަދި ގެއަށްދާވަރަށް ވުރެން ފަރުވާބޭނުންވާ ކަމަށް ބުނެހިފަހައްޓާފައެވެ.
ސްޕްޓެމްބަރމަހު 24 ވަނަދުވަހު ސެލީނާވަނީ އިންސްޓަގްރަމް މެދުވެރިކޮށް އޭނަގެ ސިއްހީހާލަތު ބުނެދީފައިވެއެވެ. ސެލީނާގެ މެސްޖްގައި ބުނެފައިވަނީ މިވަގުތުބޭނުން ވަނީ ސޯޝަލްމީޑިއާ އިން ބްރޭކެއް ނެގުމަށްކަމަށެވެ. “ސޯޝަލްމީޑިއާގެ ޒަރިއްޔާއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފފައިވާތީ ޝުކުރުވެރިވިނަމަވެސް، އަހަރެން މިވަގުތު އެންމެ ޝުކުރުވެރިވަނީ އަހަރެންގެ ހަޔާތުގެ އެންމެ އަގުހުރި ވަގުތު ބޭކާރުކޮށް ނުލާ ހޭދަކުރަން ލިބިފައިވާތީ” ސެލީނާގެ އެންމެފަހު އިންސްޓަގްރާމް މެސެޖެގައި ލިޔެފައި ވެއެވެ.
ސެލީނާ އަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އޭނަ އަށްއަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ކުރީގެލޯބިވެރިޔާ، ޖަސްޓިންބީބާ ވަނީ މޮޑެލް ހައިލީ އާ މިދިޔަސެޕްޓެމްބަރ މަހުކައިވެނިކޮށްފައެވެ. ސެލީނާގެ ގާތްމީހަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނާގޮތުގައި މިދެމީހުން އެނގޭޖްވި ދުވަހުންފެށިގެން ސެލީނާގެ ސިއްހީހާލަތު ވަނީ ވަރަށް ދަށްވެފައެވެ.
ސެލީނާ ސޯޝަލްމީޑިއާއިން ބްރޭކް ންގުމުގެ ކުރިންވަނީ އިންސްޓަގްރާމްގައި ވީޑިއޯއަކުން އޭނާ ޑިޕްރޭޝަން އަދި އެންޒައިޓީ އަށް ފަސްއަހަރުވަންދެން ފަރުވާ ހޯދައިފައި ވާކަމަށް ބުނެފައެވެ.