English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ “ހިޔާ މަޝްރޫއުގެ” ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ގެޒެޓްކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓްގެ ލިސްޓުތައް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރި މަތިލީ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ނަންތައް އިއުލާން ކުރަން ފަށާފައިވާ ކަމަށާއި އެ މީހުންނަށް ލިބުނު ޕޮއިންޓުތައް ވެސް އާންމު ކުރާނެ ކަމަށެވެ. އެގޮތުން ފްލެޓަށް ކުރިމަތިލި ހުރިހާ ޓީޗަރުންނާއި ނަރުހުންނަށް ފްލެޓު ދޭން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އަލަތު ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ދޭ ފްލެޓަށް 9،000 ފޯމް ވަނީ ލިބިފަ އެވެ. އޭގެ ތެެރެއިން ފްލެޓް ލިބޭނީ 1،000 ފަރާތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

7000 ފްލެޓްގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓުތައް ލިބޭ ފަރާތްތައް އަދި އިއުލާންކޮށްފައެއް ނުވެއެވެ. މިހާރު އިއުލާންކުރަމުންދަނީ 10 ކެޓަރީއެއްގެ ފްލެޓް ލިބުނު މީހުންނެވެ.