ހަރަދު ކުޑަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލްގެ ބައެއް ޑިޕާޓްމެންޓްތައް އުވާލައި ގިނަ މުއައްޒަފުންތަކެއް ވަކި ކުރަން ނިންމައިފި އެވެ
މިދިޔަ މަހުގެ ފަހުކޮޅު ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ޓޯރަލް ހެނާންޑޭޒް އެ ތަނުގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކޮށް، ތަނުގެ ހާލަތު އޮޅުންފިލުވައިދެއްވައި ގެއްލުމުގައި ހޮސްޕިޓަލް ހިންގަން ޖެހުމާއެކު، ބައެއް ޑިޕާޓްމެންޓްތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޑޮކްޓަރުން ވަކިކުރަން ނިންމާފައިވާކަން ވަނީ އިއުލާން ކުރައްވާފައިވެ އެވެ
ދިޔަ އަހަރު ހިންގަން ފެށި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނާއި ޑޮކްޓަރުންނަށް މިހާރު ނޯޓިސް ދެމުން އަންނަ އިރު ، އެ ހޮސްޕިޓަލުގެ ބައެއް އިސް މީހުންނާއި ނަރުހުންނާއި ޑޮކްޓަރުން، އަމިއްލަ އަށް އިސްތިއުފާ ދެމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ
މިކަމާއި ގުޅިގެން އަދި ޓްރީޓޮޕްގެ މެނޭޖްމެންޓުގެ ފަރާތުން މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.