English Edition
Dhivehi Edition

ނޭނގި ހުއްޓާ މޯޑްގެ ޗުއްޓި ނިމުމަކާއި ކައިރިވިއެވެ. މިފަހަރު މޯޑް އައީ 8 ދުވަސް ނަގައިގެންނެވެ. އެމީހުން ބޭނުންވީ އެންގޭޖް މަންޓު ކަންތަކުގެ ފުރިހަމަ ތައްޔާރީތައް ކުރާށެވެ. ވަފާ އެކަނި އެ ކަންކަން ކުރިއަށް ގެންދަން އެހާ ބުރަކޮށް އުޅެން އޭނާ ބޭނުން ނޫންކަހަލައެވެ. އެެއްބަޑު އެއްބަފާ މީހެއް ހެން ލިއުޝާވެސް އެމަސައްކަތުގައި އަތުކުރި އޮޅާފައި ހުއްޓެވެ. ދާނެޖެހުނު ކޮންމެ ތަނަކަށް ވަފާއާއި އެކު އޭނާ ދިޔައެވެ. އެމީހުން އާހެދުން ގަތެވެ. ގަހަނާ ފިހާރަތަކުން ދެމީހުންގެ އަތުގައި އަޅަން ރީތި އަނގޮޓި ގަތެވެ. މޯޑް ޙަރަދު ކުރީ އަމިއްލަ ޖީބުންނެވެ. ވަރަށް ދީލަތި ކަމާއެކުގައެވެ. މާހާ އަށާއި ފިރިހެން ދަރިފުޅު ޒައިދުއަށް ވެސް އާހެދުން ގަތެވެ.

އެދުވަސްތަކުގައި ޝުއައިބުވެސް އާއިލާ މިހެއް ހެން އެގޭގައި އުޅެއެވެ. އޭނާ މޯޑް އާއި މެދު ގޮތަކަށް ހަސަދަވެރިވާހެންވެސް ހީވެއެވެ. ދުވާލު ހަތަރު ދަމާއި ރޭގަނޑުވެސް ވަރަށް ދަންވަންދެން ތާސް ކުޅެން އެގެގައި އެމީހުން ހޭދަކުރެއެވެ. ތަފާތު ފަހަރު ވަފާއާއި ކައިރިވޭތޯ އުޅެއެވެ. އެކަމަކު މޯޑް ހުންނާތީ މާގިނަ ފުރުސަތެއް އޭނާއަށް ވަފާއާއި އެކަނި ބައްދަލުކޮށްލާކަށް ނުލިބެއެވެ. ޝުއިއިބުގެ އެވިސްނުން ވަފާއަށް ސިއްރެއް ނުވެއެވެ. އެހެނަސް ވަފާއެއްވެސް އިރެއްގައި ޝުއައިބުގެ އެ އެދުމަށް ޖަވާބެއް ނުދެއެވެ. އަދި ކަނޑައޅިގެން އެއްވެސް ވަގުތެއް ޝުއައިބުއަށް ނުދެއެވެ.

މޯޑް އަށްޓަކައި ވަފާގެ ހިތުގައިވަނީ ސާފު ލޯތްބެވެ. ތެދުވެރި ކަމެވެ. މިއީ ދިވެހި އަންހެންކުދިންގެ ގޮތެވެ. އަންހެނާގެ ދެވަނަ ނަމަކީ ވަފާތެރިކަމެވެ. އަންހެނަކު ލޯބިވާނީ އެންމެ ފަހަރަކު އޭވެސް ބުނެވިދާނެއެވެ. ފިރިމީހާ ނިޔާވުމަށްފަހު އޭނާއާއި މާހާގެ ހަޔާތަށް އައި ފުރަމަތަ މީހަކީވެސް މޯޑުއެވެ. އޭނާގެ ފިރިހެން ދަރިފުޅު އުޅެނީ އަބަދުވެސް ދުރުގައި ކަމުން މާބޮޑު ހިއްސާއެއް އޭނާގެ ނޯވެއެވެ. އެކަމަކު މޯޑް އާއި އެދަރިފުޅުވެސް ވާހަކަ ދެއްކިއެވެ. ވަފާގެ ވިސްނުން ހުރިގޮތުން ޝުއައިބު ވަރަށް ދެރަވިއެވެ. އޭނާއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫންކަން އެނގި ހިތްހަލާކުވާކަހަލަ ތަފާތު ލަވަ އެކި ހަފްލާތަކުގައި އޭނާ ކިޔާލިއެވެ. ތާސްކުޅެން ތިބޭ ގަޑީގައިވެސް ލަވައިގެ ތަންތަން ކޮޅު ކިޔާލައެވެ. ގިނަފަހަރު ޖަވާބުދެނީ ލިއުޝާއެވެ.

ވަފާގެ އުފަންދުވަހު އެމީހުންގެ އެންގޭޖް މެންޓު ވެސް ބޭއްވީއެވެ. އެގޭގައި ހަފްލާއެއް ދެމުނާސަބަތަށް ހަމަ ޖެއްސީއެވެ. ކެއުމުގެ ފަހުން ޝުއައިބު ލަވައެއް ކިޔާދޭގޮތަށެވެ.

“އެއީ ތެދެއް ލަވައެއް ކިޔާދީފާނަންތަ؟” ވަފާ ޝުއައިބު ކާރިން އަހާލިއެވެ. އެވަގުތު މޯޑް އައިސް ގިޓާ ޝުއައިބުގެ އަތަށް ދިނެވެ. ޝުއައިބު އެއްފަހަރު ގިޓާއަށް އަނެއްފަހަރު މޯޑުއަށް އަނެއްފަހަރު ވަފާއަށް ބަލާލިއެވެ. މިބަލާލުމުގައި ވަނީ ހިތާމަޔާ ހިތްދަތި ކަމެވެ. ފުން އާހް އަކާއެކު އޭނާގެ އަތުން ގިޓާގެ ހިމަ ނަރުތަކާއި ކުޅެން ފެށިއެވެ. ވަރަށް ހުނަރުވެރިކަމާއެކުގައެވެ.

އިންތިހާޔަށް ހިތާމަވެރި މިއުޒިކެއްގެ އަޑު ފެތުރިގެން ދިޔައެވެ. މޯޑް ވަރަށް މާނަވީ ގޮތަކަށް ވަފާއަށް ބަލާލިއެވެ. ވަފާ އިސްދަށަށް ޖަހާލިއެވެ. އަދި ލިއުޝާ އާއި ކައިރިވެލިއެވެ. މޯޑް ކާރިގައި ހުންނަންވެސް އޭނާއަށް އުނދަގޫވިކަހަލަ އެވެ. ދެކުދިން ޒައިދު އާއި މާހާތިބީ މޯޑް ކާރިގައެވެ، މާހާއެކޭ އެއްގޮތަށް ޒައިދުވެސް މޯޑް އާއި ވަރަށް ގަޔާވެއެވެ. އަބަދު ކާރީ ހުރެއެވެ.

ޝުއައިބު ލަވަފެށިއެވެ.

ޝުއައިބު: އަހަރެންގެ ހިތުގެ އަޑު ފޮރުވާކަށް އަހަރެންނަށް ނޭނގުނެވެ.

އަހަރެންގެ އަޑު ކަލާއަށް އިއްވާކަށްވެސް އަހަރެންނަށް ނޭގުނެވެ.

އަހަރެންގެ ހަޔާތުން އަހަރެންނަށް ލޯބިވެވުނީ ކަލާދެކެކަން ބުނެދެވޭނީ ކިހިނެއްހެއްޔެ.

އަހަރެންގެ ހިތުގެ އަޑު ފޮރުވާކަށް އަހަރެންނަށް ނޭނގުނެވެ.

އަހަރެންގެ އަޑު ކަލާއަށް އިއްވާކަށްވެސް އަހަރެންނަށް ނޭގުނެވެ.

އަހަރެން ކަލާގެ ނަމުން އަހަރެންގެ އަތުގެ ރޮނގުތަކުގައި ލިޔެފަ ކަލާ ފެންނައިރަށް އެނަން ފޮހެލަނީއެވެ

އަހަރެން ކިހާނަސީބުދެރަ ހެއްޔެވެ. މިވަހަކަވެސް ބުނަން އަހަރެންނަށް ނޭގުނެވެ.

މިއީ އަަހަރެން ކަލާދެކެ ވާލޯބިކަން ބުނެދޭކަށް އަހަރެންނަށް ނޭނގުނެވެ.

ކަލާދެކެ ލޯބިވުމަށްފަހު އަހަރެން އެލޯބި ކަލާއަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ

ތުންފަތާއި ހަމަޔަށް މި ވާހަކަ އާދެއެވެ. އެހެނަސް ކަލާއަށް ހާމަ ކޮށްދޭން އަހަރެން ލަދު ގަތެވެ.

ލޯބިވުމަކީ ކޮބައިކަން މީހަކު އަހަރެންނަށް ދަސްކޮށްދޭނެ ނަމައޭ މިއަދު ހިތަށް އަރައެވެ

ދެން އަހަރެންގެ ޢުމުރު ފަނާވާނީ މިހެންނެ. ސިއްރުން ކަލާދެކެ ލޯބި ވުމުގައެވެ.

އުފާވެރިކަމާއި ހިތާމަޔާ އެކު ހަފްލާ ނިމިގެން ދިޔައީ ޝުއައިބުގެ މިލައިންނެވެ. ލަވަނިންމާފަ ޝުއައިބު ވަނީ ގޭތެރެއަށެވެ. ތައުރީފްގެ އަޑު އަހަންވެސް އޭނާ ބޭނުންނުވީ ކަހަލައެވެ. ނޫނީ އޭނާގެ ކަރުނައިން ފުރިފައިވި ލޯ އެއްވެސް މިހަކަށް ދައްކާ އިތުރަށް ބޭޒާރުވާން އޭނާ ބޭނުންނުވީ ކަހަލައެވެ. ވަފާ ހުރީ ހިމޭންކަމުގެ ބުދެއް ހެންނެވެ.

ދެދުވެއްގެ ތެރޭ މޯޑްވެސް ކިޔަވަންދާން އޫކޭ އަށް ފުރީއެވެ. 2 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަފާ ކާރީ ތަފާތު ވައުދުތައް ކުރުވާފައެވެ. އެނބުރި އައިސް ކައިވެނި ކުރަން ނިންމާފައެވެ. މިފަހަރު ކައިވެނި ލަސްކުރަންޖެހުނީ އެކޯހުގެ ސަބަބުންނެވެ.

މޯޑް އާއި އެކު ވަފާގެ ދަރިފުޅު ޒައިދުވެސް ފުރީއެވެ. އޭނާގެ ވެސް ޗުއްޓީ ނިންމާފައި ޖޮބަށް ދާށެވެ. އެއީ ބަސް އަހާ ރަނގަޅު ކުއްޖެކެވެ. ވަފާއަށް ވަރަށް އޯގާތެރިއެވެ. މަންމަދެކެ އިންތިހާޔަށް ލޯބިވާ ދެކުދިންނެވެ.

މޯޑް އާއި ޒައިދު ފުރުމުން ވަފާ މުޅިން އެކަނިވިއެވެ. މާހާއާއި ލިއުޝާ ކާރީގަ ތިބޭއިރުވެސް އޭނާ އަށް އެކަނި ވެރިކަން އިހްސާސް ވަނީއެވެ. ދެ އަހަރު މޯޑް ނެތި އޭނާ ހޭދަ ކުރަން ޖެހެއެވެެ. ހުސްވަގުތުތައް އޭނާ ދޭން ފެށީ މާހާާއަށެވެ. އެދުސްކޮޅަކީ ވަރަށް ކައިރި ކަރިހެން ޝުއައިބް އެގެޔަށް އަންނަ ދުވަސްކޮޅެކެވެ. ބައެއްފަހަރު ވަފާއާއި ގޭގެ މިހުން ނުތިބޭ ގަޑީގަވެސް އޭނާޔަށް އެގެޔަށް އާދެވެއެެވެ. ގާތްގަޑަކަށް މަހެއް ހާދުވަހު މިކަހަލަ ގޮތަކަށް ދުވަސް ހޭދަވިއެވެ.

މާހާގެ އުޅުން ކުޑަކޮށް ބަދަލުވާހެން ވަފާއަށް ހީވިއެވެ. އެމަންޖެ އެކަނި އިންނަ ވަގުތު ގިނަވިއެވެ. ކުޅެ މަޖާ ކުރުމުގެ ބަދަލުގައި ފިކުރު ކުރަން އިންދާ ފެންނަން ފެށިއެވެ. އެމޫނުގެ އުޖާލާކަން ކެނޑި މޫނުމަތިން ބަލި ފާޑު ޖަހާލައިފިއެވެ. އެމައުސޫމް މޫނުގައި ނޭނގޭ ވާހަކަ ތަކެއް ހުރިހެން ވަފާއަށް ހީވާން ފެށިއެވެ. އެއީ މަންމަޔަށް ވީމާ ހީވާގޮތް ބާވައެވެ. ނޫނީ މޯޑު ފުރައިގެން ދިޔާމާ މާހާ މާދެރަވީ ބާވައެވެ. ތަފާތު އެތަށް ޙިޔާލު ތަކުން އޭނަގެ ހިތާއި ސިކުނޑި އުދާސް ކުރުވަމުން ދިޔައެވެ.

ރިސޯޓަށް ދިޔަފަހުން ޒައިދުގެވެސް ޙަބަރެއް ނުވެއެވެ. ހަމައެކަނި ވަފާ ފޯނު ކޮށްފިޔާ ގުޅެއެވެ. އޭނާ މާބިޒީ ވަނީޔޯލައެވެ. މާހާހުންނަނީ މާހިމޭންކޮށެވެ. ކުރީގައި އޭނާގައިގައި ބައްދާހެން ބައްދާލާކަށް ކައިރިޔަށްްވެސް ނާދެއެވެ. އެކަނި ނިދަން ބިރުން އުޅޭހެން ހީވާ ފަހަރު ދެއެވެ. ސީރިއަސް ނަޒަރަކުން މާހާގެ ކަންތަކަށް ބަލަން ފެށުނީ އޭގެ ފަހުންނެވެ. ހިތަށް އެރިއެވެ. އަނެއްކާ ވަފާއަށް މާހާ މާދުރުކޮށްލެވުނީ ބާވައެވެ. އަނެއްކާ މާހާއަށް ކޮންމެވެސް އުނދަގުލެއް ވަނީ ބާވައެވެ. މޯޑް އާއި ގުޅައިގެން މާހާލައްވާ ވާހަކަ ދެއްކުވިއެވެ. އެހެނަސް މާހާގެ ހިމޭންކަން ދިޔައީ ހައްތާ އެގޮތަށެވެ. ތަފާތު ގޮތްގޮތަށް ވަފާ މާހާގެ ކަންތަކާއި މެދު ވިސްނަމުން ދިޔައެވެ. އެހެނަސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ. ތަފާތު ވަހުމުތަކުން އެނާގެ ސިކުޑި ހާސްކުރުވަމުން ދިޔައެެވެ. .

ޝައްކު ޔަޤީން ކުރުމަށްޓަކައި ފޯނުން ޝުއައިބުގެ ފޮޓޯއެއް މާހާއަށް ދެއްކިއެވެ. މާހާ އެވަގުތު ފޯނު އަތުލާފައި ޖެހީ ބިމަށެވެ. ވަަފާ ދިޔައީ ސިއްސައިގެންނެވެ. ވަފާ އަށް އިތުރު ހަރަކާތެއް ނުގެނެވެނީސް ބަލާލިއިރު މާހާ ގިސްލަގިސްލާފަ ރޮނީއެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ވަފާ ކެތްމަދުވިއެވެ. މާހާ އެހާ ރުޅިއެއް ޝުއައިބު އެއީ މަންމަ މާގާތް މީހަކަށް ވާތީ ބާވައެވެ. ނޫނީ ޝުއައިބުގެ ކޮންމެވެސް ހަރަކާތަކުން ބާވައެވެ. ފުރަތަމަ ދުވަހުން ފެށިގެން މާހާ ޝުއައިބުއާއި ގަޔާ ނުވާކަން ވަފާއަށް އޮތީ އެނގިފައެވެ. ކުރީމަހު ވަފާގެ އުފަންދުވަހު ޝުއައިބު ލަވަކިޔާ ހެދި އިރުވެސް މާހާ މާދުރުގަ ހުއްޓެވެ. އޭނާގެ ދޮންބޭބެ ޒައިދުގެ އަތުގައި ހިފައިގެންނެވެ. ވަފާ ކާރިޔަށް އައިސް މާހާ ބުނީ “އެއްވެސް ރީއްޗެއްނޫން” މިހެންނެވެ. މިކަމާ ހުރިހާ މީހުން މަޖާވެގެން ހުނެވެ. އެކަމަކު އެހެން އެންމެން އެލަވަޔަށް ތައުރީފް ކުރިއެވެ. ވަފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އެއްވެސް ކަމަކާ ނުލާ މީހަކަށް ރުޅިއަންނާކަށް ނުވާނެއޭ ކިޔާ މާހާ ޝުއައިބުއާއި ވާހަކަ ދައްކާތޯ ވަފާ މަސައްކަތް ކުރިއެވެ. އެއްވެސް ތަނަކަށް ވެސް ޝުއައިބު ދަންޏާ މާހާ ނުދާނެއެވެ. މިކަން ވަފާއަށް މިއަދު ނޯޓިސް ކުރެވުނެވެ، ވާހަކަ ދައްކާ އުޅެނީވެސް ވަރަށް ދުރުންނެވެ. މާހާ މިހާ ރުޅިއެއް އައީ ކިއްވެ ބާވައެވެ. ވަފާ ހިމޭންކަމާއެކު އެނާގެ ދަރިފުޅު ނަގާ އޭނާގެ މޭގައި ލައްކޮށްލިއެވެ. އެއީ މައިވަންތަކަމުގެ ލޯތްބެވެ. ދުނިޔޭގެ ހުރިހާ ލޯތްބަކަށް ވުރެ މަތިވެރި ލޯތްބެކެވެ. އެއީ ރައްކާތެރި ކަމެވެ. އެއީ މިސާލެއް ނެތްފަދަ ގާތް ގުޅުމެކެވެ. ވަފާ ނުހަނު ލޯބިން މާހާގެކަރުނަ ފޮހެދިނެވެ. އެހެނަސް އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ ސުވާލު ކުރަން އެންމެ މުނާސަބު ވަގުތު ނޫންކަން ވަފާއަށް އެނގެއެވެ. ދަރިފުޅު ހަމަޖެހުމުން އޭނާ އެދަރިފުޅާ ސުވާލު ކުރާނެއެވެ. އަދި އެފުން ކަނޑުގެ އަޑިޔަށް އޭނާ ފީނާނެއެވެ. އެދަރިފުޅުގެ ހިތުގައި ވާއެއްޗެއް އޭނާ ހޯދާނެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އަންހެންދަރިންގެ އެންމެ ގާތް އެކުވެރިޔަކަށް އަބަދުވެސް ވާންޖެހެނީ މަންމަކަން މާހާއަށް އޭނާ ކިޔާދޭނެއެވެ.މިއަދާއި ހަމަޔަށް ވެސް އެދެމައިންގެ ގުޅުން އޮތީ އެހެންނެވެ، ވީއިރު މިއަދު އެމީހުން ދުރުވެދާނެ ހެއްޔެވެ. އަދި މާހާގެ ހިތުގައި ފޮރުވިފައިވާ ހިތާމަ އޭނާ ފޮހެދޭނެއެވެ.

އެރޭ ނިދަން މާހާ އައީ ވަފާ ކޮޓަރިއަށެވެ. ބުލެންކެޓްތެ ރެއަށް ވަދެ ދެމީހުން ވަރަށް ސަމާސަ ކުރިއެވެ. އޭސީ އެންމެ ފިނިކޮށްލިއެވެ. މާހާއަށް ބޭނުންވަނީ ހަމައެކަނި މަންމަގެ ބީހުމެވެ. މައިވަންތަ ކަމުގެ ހޫނެވެ. ލޯތްބެވެ.

“ދަރިފުޅު އެއްވެސް ކަމަކާ ބިރުގަންނަނީތަ؟” ވަފާ މާހާ އޭނާޔާއި ބޮޑަށް ކާރި ކޮށްލުމަށްފަހު ކަންފަތްދޮށުގައި އަހާލިއެވެ.

އެސުވާލުގެ ޖަވާބު ހިމޭންކަމާއެކު މާހާ މަންމަގެ ގައިގާ ބޮޑަށް ބައްދާލީއެވެ. ހީވަނީ މަންމާއޭ އަހަރެން ދޫކޮށްފަ ނުދާށޭ ބުނެލިހެންނެ. .ތެދެކެވެ. މިދިޔަ ދުވަސްތަކުގައި އޭނާއަށް އޭނާގެ މަލެއްފަދަ ދަރިފުޅާއި މެދު ފަރުވާކުޑަކޮށްލެވުނެވެ. ހުރިހާ ރުޅިއެއް ހިތުގެ އަޑިން އޭނާއައީ މޯޑްދެކެއެވެ.

“މަންމާ އަހަރެން ވަރަށް ބިރުގަނޭ….” މިހެން ބުނަމުން މާހާ ރޯންފެށިއެވެ.

ދެމައިންގެ ލޮލުންވެސް ހޯސްލާފަ ކަރުނަ ފައިބަންފެށިއެވެ. އެކަމަކު މިއަދަކީ ވަފާ ކަރުނަ އަޅަންވީ ވަގުތު ނޫންކަން އޭނާ އަވަހަށް ސަމާލު ވެލުމަށްފަހު ދެނެގަތެވެ. އަދި ހިތްވަރުކޮށްފަ އޭނާގެ ކަރުނަ، އަތުގެ ނުފުށުން ފޮހެލިއެވެ. އަދި ލޯތްބާއެކު މާހާގެ މޫނު ނަގާފަ ނިންމަތީ ބޮސްދިނެވެ. އަދި މާހާގެ ލޮލުން އައިސް ހުރި ކަރުނަ ފޮދިނެވެ. ލޯބިންނެވެ.

އާއެކެވެ. ހަމަ މިގޮތުގައި މަންމަ އަބަދުވެސް ދަރިފުޅާއެކު ވާނަމޭ ބުނާ އުސޫލުންނެވެ. މާހާ ވާހަކަ ކިޔާދޭން ފެށިއެވެ. ހަނގުރާމަޔަކުން ކާމިޔާބު ލިބުނު ކަހަލަ އިޙްސާސެއް ވަފާއަށް ކުރެވުނެވެ. މާހާގެ ޅަބަހުރުވައިން ގިނަ ވާހަކަތަށް އޭނާއަށް ކިޔާދިނެވެ. ކޮންމެ ވާހަކައެއް ބުނަމުން ވަފާގައިގާ ބާރަށް އޭނާ ހިފެހެއްޓިއެވެ. މާހާގެ ކޮންމެ ވާހަކަޔަކުން ހީވީ ފުންކަނޑަކަށް އޭނާ ގެނބުނުހެންނެވެ. މާހާއި މެދު ފަރުވާކުޑަކޮށްލެވުނީތީ ހިތުގެ އަޑިން އޭނާ ހިތާމަ ކުރިއެވެ. އެކަމަކު މާހާގެ ހިޔަނިހެން އަބަދުވެސް މާހާ ކާރީ ހުންނާނަމޭ ބުނެ އޭނާ ވަޢުދު ވިއެވެ. އެރޭ އެދެމައިން ނިދީ ހިތްހަމަޖެހިގެންނެވެ.

“ބަލަ ދަރިފުޅާ މިގޭގައި ހުރި ބީރައްޓެހިސޮރު ގޮއްސި ރޭގައި ނުވެސް ބުނެ” ހެނދުނު ސައިގަޑީގަ މަންމަ އައިސް މިދިން ޙަބަރުން މާހާއާއި ވަފާއަށް ލިބުނީ އުފާވެރި ކަމެކެވެ. އޭނާ ނުގޮސް ހުރިނަމަ ޙުދު ވަފާ އޭނާ ގެއިން ނެރެލީމުހެވެ. ދެމީހުންވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.. އޭނާ އެގެއިން ދިޔުމަކީ އެންމެ މަސްލަހަތު ރަނގަޅު ކަންކަމުގައި ވަފާވެސް ހިތާހިތާ ކިޔާލިއެވެ.

. އޭގެ މަހެއްހާ ދުވަސްފަހުން މާހާާ މާބޮޑަށް ހޮޑުލައި ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދެވުނެވެ. ޓެސްޓްގެ ނަތީޖާ ދެކެފައި އެންމެން ތިބީ ޝޮކެއްގައެވެ. މާހާ ރަހިމްގެ މައްސަލަ ޖެހުނީއެވެ. އަދި އެނާއަށް ވީ ހަތް އަހަރެވެ. ޑޮކްޓަރުގެ ވަފާއާއި ބައްދަލުކުރިއެވެ. އަދި މާހާއަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާ ކިޔާދިނެވެ. ވަފާ އޭނާގެ ކަންފަތުގައި އަތްއަޅައިގެން ޑޮކްޓަރުގެ ކޮޓަރިން ބޭރަށް ނިކުތެވެ. ކުރިމަތިން މަންމަ ފެނުމާއެކު… ދުވެފަގޮސް މަންމަގައިގަ ބެއްދިއެވެ

ވަފާ އޭނާގެ މަންމަގެ ގައިގާ ބައްދައިގެން ކުޑަކުއްޖެއްހެން ރޯންފެށިއެވެ. އައިސީޔޫ ތެރޭ މާހާވެސް ރޮނީއެވެ.

“މާހާއާއި މެދު އިހުމާލުވީ އަހަންނެވެ.. މަންމާއެވެ. އަހަރެންގެ މާހާ…”. ރޮމުން ރޮމުން ވަފާ އަށް ވާހަކަވެސް ނުދެއްކުނެވެ.

ޝުއައިބު އޭނާގެ އަތުން ބަދަލު ހިފީއެވެ، އެއްވެސް ކުށެއްނެތް މަޢުސޫމް ކުއްޖަކު އޭނާގެ ޝިކާރަޔަކަށް ހަދާލީއެވެ. ޝުއައިބު ބޭނުންވީ ވަފާއާއި ގުޅުން ބަދަހި ކުރާށެވެ. އެކަމަކު އެފުރުސަތު އޭނާއަށް ނުލިބުނީ އެދުވަސްކޮޅު މޯޑު އެދެމެދަށް އައުމުން އެވާހަކަ ނުދެއްކުނީއެވެ. ހަމަ އެކަނި އެއެއްވެސް ނޫނެވެ. ވަފާ އެއްއިރެއްގަވެސް ޝުއައިބުއާއި ގަޔާނުވެއެވެ. އޭގެ ބަދަލުގައި ވަފާގެ ފަރާތުން ބަދަލު ހިފުމަށް އެގެޔަށް އައިސް އޭނާ މި ނަގާލީ ވަފާގެ އެންމެ އަގުބޮޑު ޖައުހަރުގެ އިއްފަތްތެރި ކަމެވެ. .

އޭނަ ފުރަތަމަ އައި ދުވަހުއްސުރެ ލޯ ހުރީ މާހާއަށެވެ. މިކަން ވަފާއަށް އިހްސާސް ނުވީ ކީއްވެބާވައެވެ. ވަފާ ނުލިބޭެނެކަން އެނގޭތީ އިތުރަށް މާހާގެ ސަބަބުންވެސް ވަފާ ކާމިޔާބު ވެދާނެއެ އޭނާ ހީކުރީއެވެ. އެހެނަސް އެހެންވެސް ނުވީއެވެ.

މަންމަ އާއި ބައްޕަ ނެތީސް ގޭގައި އެދެމީހުން ބައިތިއްބާފައި ވަފާ ކިތަންމެ ފަހަރަކު ބޭރަށް ގޮއްސަފައި ހުންނާނެއެވެ. އެކަމަކު މިފަދަ ކަމެއް މާހާއާއި މެދު ހިނގާކަން ޝައްކަކަށްވެސް އޭރުގަ ވަފާއަށް ހީކުރެވިފައެއް ނެތެވެ. މާހާގެ އިޙްސާސް އޭނާއަށް އިހްމާލް ވެވުނީ ކިއްވެބާވައެވެ. ހުރިހާކަމެއް ބޮއްސުން ލައިގެން ދިއައީ މޯޑް އާއި އޭނާ މާގަޔާވިމައެވެ. މީގެ ފަހުން ދެން އޭނާ މޯޑްއާއިވެސް ވަހަކަ ނުދައްކާނެވެ. ކުށްވެރިޔަކުހެން އޭނާއަމިއްލަޔަށް އަދަބުލިބިގަތް ކަހަލައެވެ.

މާހާ ފަދަ ކުއްޖަކަށް ޝުއައިބު ފަދަ ޝައިތާނީ މީހެއްގެ ޝިކާރައަކަށް ވެދާނެކަން ކުރިން ވަފާއަށް ނުވިސްނުނީއެވެ.އެއްވެސް މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ، މާހާ، އެންމެ މަންމަގެ ފަރާތުން ބޭނުންވި ހިމާޔަތާއި ލޯބި ނުދެވުނޭ އޭނާގެ ހިތަށް އެރިއެވެ. މިއަދު އޭނާއަކީ އޭނަގެ ނަޒަރުގައިވެސް ކުށްވެރިއެކެވެ. ދެންވެސް އޮތީ ރުއިމެވެ، އާއެކެވެ. ވޭނީ އުދާސް ތަކެވެކެވެ. މާހާގެ ކުށަކީ ކޮބާހެއްޔެވެ؟. މަޑުމަޑުން އޭނާ އޭނާގެ ފޮތްލައްޕާލިއެވެ. މިއަދު ބޭނުންވާހިސާބަށް ލިޔެވުނީއެވެ. މާދަމާއަކީ އަނެއްކާވެސް އާދުވަހެކެވެ. މާހާ ގޮވައިގެން ބޭސްފަރުވާއަށް އޭނާ ދާނީ އިންޑިޔާއަށެވެ. އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެއެވެ. އޭނާ ހިތާ ސިކުނޑިޔަށް ވިސްނާދިނެވެ.

ނިމުނީ