ވަފާ އާއި މޯޑް އެމީހުންގެ ދުނިޔެއެއްގައި ގެއްލިފައި ވާހަކަ ދައްކަން ތިއްބެއެވެ.
ހިމަފޮދު ވާރޭ ވެހެން އުޅޭހެން ހީވިއެވެ. ކުޑަކޮށް ކަނި ބުރާތީއެވެ.
“ބިރު ގަންނާކަށް ނުޖެހޭނެ. ހިނގާ އަހަރުމެންގެޔަށް ދާން” މޯޑްގެ މިއެދުމަށް ވަފާ އެއްވެސް ދެކޮޅުވެރިކަމެއްނެތި އެއްބަސް ވިއެވެ. ހީވީ މިއީ އޭނާވެސް ބޭނުންވި ގޮތް ހެންނެވެ.
މޯޑް އާއިއެކު ވަފާއޭނާގެ ގެޔަށް ދިޔައެވެ. އެޕާޓުމަންޓުގެ ދޮރަށް ފުރަތަމަ ޖަހައިލި ތަޅުދަނޑިން ދޮރު ހުޅުވުނެވެ. އަވަހަށް އެތެރެއަށް ވަނުމަށް ފަހު ދޮރު ތަޅުލިއެވެ. އަލަށް ދިމާވި މީހަކާ އެކު މިހާގާތް ވެވުނީ ކީއްވެބާވައޭ ވަފާ ހިތާ ހިތާ ކިޔާލިއެވެ. ދިއްލައިފައި ހުރީ ފަނޑު އައްޔެކެވެ. ދޮރުފޮތި ބޯކަމުން އެ އަލި ބޭރަކަށް ނުފެނެއެވެ. އިތުރު ބޮއްކެއް އެމީހުން ނުދިއްލައެވެ. ސިޓިންރޫމްގެ އޭސީ އާއި މޯޑްގެެ ކޮޓަރީގެ ހުރި އޭސީ ޖައްސައިލިއެވެ.. އެތާ ހުރި ކަބަޑަކުން އުއްބަތި ތަކެއްނަގާފަ މޯޑް އެ އުއްބައްތިތައް އެކި ތަންތަނުގައި އަތުރައިލީއެވެ. ހުށިޔާރު ފަންނާނު ވެރި އެއް ހެންނެވެ. ހީވީ އުއްބައްތިނި ‘ލަވް” މިއަކުރު އަޅާލި ހެންނެވެ. ވަފާ ސިޓިންރޫމް ގޮޑީގައި އަރާމުކޮށް ލެނގިލައިގެން މިހަރަކާތްތައް ބަލަން ހެވިފަ އިނެވެ. . ލެވެންޑާ ވަހުން ވެސް މުޅި ތަން އެއްވަސް ކޮށްލިއެވެ.
އެއީ ހުވަފެނީ ކޮޓަރިއެވެ. އެއީ ހަޔާތުގައި އޭނާ ބޭނުންވި ކަހަލަކޮޓަރިއެކެވެ. ވަރަށް ރީއްޗެވެ. ޖައްސާލި ހިމޭން މިއުޒިކުން އިތުރު ފުރިހަމަ ކަމެއް އެމާހައުލަށް ގެނުވާފައިވެއެވެ. ފުރަތަމަ ލަވައަށް “ޕްލޭ” ކޮށްލަމުން ސޯފާގައި މޯޑް އޮށޯވެލަމުން ލޯމަރައިލިއެވެ. ހީވީ ފިލްމެއްގެ ތަންކޮޅެއް ހެންނެވެ.
‘އަހަރުމެން ވާހަކަ ދައްކާތާ މިހާރު ހަތަރު އަހަރުވީ. އަހަރެން އަބަދުވެސް ބޭނުންވި ވަފާ މިގެޔަށް ގެންނަން. މިއީ އަހަރެން ވަފާޔަށް ހަދާފަ ހުރި ގެޔެއެއް.” މޯޑް ވަފާއާއި ކާރިޔަށް ޖެހިލާފައި ބުނެލިއެވެ. ވަފާ ހިމޭން ކަމާއެކު އިނެވެ. ހިތާހިތުން އުފަލުންނެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުދެއެވެ. އެ ވަގުތު ގުގުރައިލި އަޑު ދުރުދުރުން އިވުނުހެން ހީވިއެވެ. މޯޑް ހީކުރީ ބިރުން ވަފާ ހަރަކާތެއް ގެންނާނެ ކަމަށެވެ. އެކަމަކު ވަފާ އިނީ ގުޑިވެސް ލާން ނޭގިފައެވެ.
ވާރޭ ވެހެން އުޅޭހެން ހީވެއެވެ. އެވަގުތުގެ އެތަަނަށް އެންމެ އެކަށީގެންވަނީވެސް އެގޮތޭ ވަފާގެ ހިތަށް އެރިއެވެ.. ވަރަށް ފޮނި އުންމީދަކާ އެކުގައި ވަފާ އިނެވެ. ތެދެކެވެ. އޭނާގެ ހިތުގައިވެސް ވަނީ މޯޑް އަށްޓަކައި ލޯތްބެވެ. މިކުޑަ ބައްދަލުވުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސް ދިން ކަހަލައެވެ. . މޯޑް އައިސް ވަފާގެ އަތުގައި ހިފާ ތެދުކޮށްލިއެވެ. އެއާއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ.
އެހިމޭން މިއުޒިކަށް ދެމިހުންވެސް ހަރަކާތް ކުރިއެވެ. ޑާންސެކޭވެސް ބުނެވިދާނެއެވެ. ވަފާހުރި މޯޑުގެ މިކެރުން ފެނިފަ ލަދުންނެވެ. ނަމަވެސް އޭނާއާއިއެކު އެއްބައިވަމުން ދިޔައެވެ. މޯޑުގެ މޭގައި ވަފާ ބޯއަޅާލިއެވެ. ހީވީ އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ވިހެންނެެވެ. ދެމީހުން އެކުގައި އަނެއްކާވެސް ސޯފާގައި އިށީދެއްޖެއެވެ.
މޯޑް ގެ ޢާއިލާ އަކީ ކޮބާކަމެއްވެސް އަހަރެންނަށް ނޭނގޭ ކޮބާ މިގޭ މީހުން. މިތާ މޯޑް އެކަނި އުޅެނީ ކީއްވެ.” ވަފާ ސުވާލު ކުރަންފެށިއެވެ. އޭރު މޯޑު ކާއެއްޗެތި ތައްޔާރު ކުރުމުގައި ބުރަކޮށް އުޅުނެވެ. ހިނދުކޮޅަކުން ވަފާވެސް ގޮސް މޯޑް އަށް އެހީވަމުން ދިޔައެވެ.
‘އަހަރެންގެ އަނބިމީހާ އަޒީޒާ ނިޔާވީ އެހެންވެ އަހަރެންގެ ގެފަޅުކޮށް މިއޮތީ.” ހުއްޓިލާފައި ވަފާއާއި ދިމާލަށް އެނބުރިފަ މޯޑް ބުެނެލިއެވެ.
މޯޑްވެސް އިށީދެލާފަ ވަފާއަށް އޭނާގެ ވާހަކަ ކިޔާދޭންފެށިއެވެ. ކިތަންމެ ދުވަހަކު އެދެމީހުން ފޭސް ބުކްއިން ވާހަކަ ދެއްކިޔަސް ފެމިލީގެ މިވާހަކަތަކެއް ނުދައްކައެވެ.
އެއާއިލާގެ ދޮށްޓަށް ތިބި އަންހެންދަރިންނަކީ ޒިންމާދާރު ކުދީންނެވެ. މީހުންނާއި އިދެގެން މުޅިން އެބަޔެއްގެ ފިރިންގެގެޔަށް ބަދަލްވީއެވެ. މޯޑްއަކީ ހުރި ހަމައެކަނި ފިރިހެން ކުއްޖާ ކަމުން މުޅިގެ ހަވާލުވީ މޯޑްއެވެ. މަންމަ ބައްޕަ ވަނީ ނިޔާވެފައެވެ. .
މޯޑްގެ ސުކޫލް ކިޔެވުން ނާކާމިޔާބުވުމުން އެހެން މަސައްކަތެއް ދަސްކޮށްދެވޭތޯ އުޅުނެވެ. ހޮޓެލް ސުކޫލުން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް އޭނާ ހޯދި އެވެ. މިއަދު އޭނާ ރިޒޯޓްގައި ރަނގަޅު ވަޒީފާއެއް އަދާކުރަނީ އެހެންވެގެންނެވެ. ސަމާޖްގެ ކުރިމަތީ އޭނާގެ އިއްޒަތާއި އަބުރު އޮވެެއެވެ. ވަފާއަކީ ޒަމާނުއްސުރެ އޭނާގެ ހިތުގެ މަލިކާއެވެ. ފޭސްބުކް އިން އެޑް ކުރިއްސުރެ ދެމީހުން ވާހަކަ ދައްކައެވެ. އެޒަމާނުގައި ވަފާއަކީ މީހެއްގެ އަންބެކެވެ. އެކަމަކު މިއަދު ވަފާއަކީ ހުސްހަށިބައި އަންހެން ކުއްޖެކެވެ. އޭނާގެ އެގެޔަށް އޭނާ ގެންނަން ބޭނުންވާ ބަހާރު މޫސުމްވެސް މެއެވެ.
ވާހަކަ ދައްކަމުން ތެދުވެ މޯޑް ހޮޅިބުރި ދިއްލާލުމަށްފަހު ޑައިނިން ޓޭބަލް ކާރީ ރީތިކޮށް ގޮނޑިތަށް އަތުރާލިއެވެ. އެރޭގެ މުނާސަބަތުގައި މޯޑް ގިނަ ކާނާ ތައްޔާރު ކޮށްފަ ހުއްޓެވެ. އޭނާ އަކީ ޝެފަކަށް ވުމުގެ ފައިދާއަކީވެސް މިއީއެވެ، ކާއެއްޗެތި ކާރީ ތިބެގެން ދެމިހުން އެކަކކު އަނެކަކަށް ބަލާލާފައި ހީލިއެވެ. ފުރަތަމަ ކާއެތިކޮޅު ތައްޓަށް އަޅާފަ މޯޑް ލައްވައި ދިނީ ވަފާގެއެވެ.
“ވަރަށް މީރު” ކޮންމެ އެއްޗެއްކާލަމުން ވަފާބުނެލިއެވެ.
ވަރަށް ހަމަޖެހިލައިގެން ކެއުމަށްފަހު މޯޑް ވަފާ ގެނެސްއޭނާ އުޅޭ ގެޔަށް ލިއެވެ. ވަރަށް ގިނަ ޢަހްދުތަކަކާއި ޥަޢުދުތަށް ދެމީހުންވެސް ވިއެވެ. މާލެއިން ބައްދަލުވުމަށެވެ.
ދަތުރު ނިންމާލުމަށްފަހު ވަފާ މާލެއައީ ޖެހިގެން އައިދުވަހުއެވެ.
މަންމަ އޭނާއާއި ދިމާލަކަށް ފާޑަކަށް ބަލާލިއެވެ. ވަރަށް މާނަ ފުންބެލުމެކެވެ.
މަންމަ ދައްކަމުން ދާ ވާހަކަ ޔަކީ އޭނާގެ ކައިވެނީގެ ވާހަކައެވެ. އެކަމަކު އަދި މަންމަ މެން ކާރީ މޯޑްގެ ވާހަކަ ބުނަން މާއަވަހޭ ވަފާ ހިތަށް އެރިއެވެ. އެހެންނޫނަސް މޯޑް މާލެއައިސް މަންމަ މެންނާ ބައްދަލު ކުރާނެއެވެ. ވީއިރު އަވަސް އަރުވާލުމެއްގެ ބޭނުމެއްވެސް ނެތްތާއެވެ.
ދެދުވަހެއްގެތެރޭ މޯޑް މާލެ އައެވެ. މަންމަޔާއި ވަފާގެ ދަރިފުޅު މާހާ އާއި ބައްދަލު ކުރިއެވެ. ފުރަތަމަ ނަޒަރުން މަންމަ މެންނަށް އޭނަ ކަމުދިޔައެވެ. ރަސްފަންނު ބަގީޗާއަށް އޭނަ ދިޔައީ ވަފާމެން އެންމެން ގޮވައިގެންނެވެ. މެންދުރު ގަޑީ އަނބު މަޖާ ހަދައިގެނއާރޓިފިޝަލް ބީޗަށް ވެސް އެމީހުން ދިޔައެވެ. އެދުވަހަކީ ޗުއްޓި ދުވަހެއްކަމުން މުޅި ދުވަސް ވަފާއަށް މޯޑް އާއި އެކު ހޭދަ ކުރެވުނެވެ، ކޮންމެ ތާކަށް އެމީހުން ދާއިރުވެސް އެންމެ ގާތުގައި ހުންނަނީ މާހާއެވެ. ފުރަތަމަ ދުވަހު ރުޅިން އަނގައިން ބުނަން ނުކެރިފައި ހުރި ކުއްޖާ ޖެހިގެން އައި ދުވަހު މޯޑްކައިރިން ދުރަށް ނުދެއެވެ. މާހާ ހުންނަނީ މޯޑް އާއި ހެދި މޮޔަވެފައެވެ. ކައިރީ ހުރިއްޔާ އޭނަ ހުންނާނީ މޯޑްއަތުގައި ހިފައިގެންނެވެ. މިމަންޒަރުން ވަފާއަށް އުފާތަކެއް ހާސިލް ވިއެވެ.
މޯޑް މިހާރު އެގޭގައި އުޅެނެ ފެށިއެވެ. މަންމަމެންގެ އެދުމުގެ މަތިންނެވެ. ރިސޯޓް އޮފްޑޭއަށް އައިސް ކުރިން އޭނާ ހުންނަނީ ކުއްޔަށް ކޮޓަރި ހިފައިގެންނެވެ. މިހާރު ހުންނަނީ ވަފާމެން ގޭގައެވެ. .
މެންދުރު އޮފީހުން އައިގޮތަށް ވަފާ އޭނާގެ ކޮޓަރިއަށް ގޮސް ޖައްސާލިއެވެ. މިއަދު މޯޑް އަންނަ ވާހަކަ ބުނެފަ އޮތީމާ އަވަހަށް ނިދާލާފަ ހަވީރު ތެދުވަން އޭނާ ބޭނުމެވެ. މޯޑް އައުމަށްފަހު ދާންޖެހޭ ތަންނަނާއި ކުރަންޖެހޭ ކަންތަށް ހިތުން އޭނާ ރާވާލިއެވެ. ހަވީރު ވާން ކައިރިވެފަ ހުއްޓާ ވަފާއަށް ހޭލެވުނީ ކޮޓަރިއަށް މީހަކު ވަން އަޑަށެވެ. ސިއްސައިގެން ގޮއްސައި ތެދުވެވުނެވެ. ބޮކިއަލީގެ ފަނޑު އަލި ތެރެއިން ކާކުކަން ވަކި ކުރާކަށް ނޭނގުނެވެ. ކޮޓަރިއަށް އައިމީހާ ވަފާގެ އަނގަމަތީ ހިފެހެއްޓިއެވެ. ސިއްރު ކަންފަތް ދޮށުގައި އެއީ ކާކުކަން ބުނެދިނެވެ. އާއެކެވެ. އެއީ އޭނާ އިންތިޒާރު ކުރަމުން އައި އޭނާގެ ރަސްގެފާނެވެ،
ސިއްސަގެންދިޔައީދޯ. އަހަރެންނަށް އަވަހަށް ދަތުރެއް ލިބުނީމާ އައީ. މާހާވެސް އެބައުޅޭ ބޭރުގަ އޭނާ ހައްދާލާފަ މަ މިވަނީ” ހެމުން ހެމުން މޯޑް ކިޔާދިނެވެ.
“ވަރަށް މޮޅު.. ހުރޭ ތައްޔާރުވެލާނަން އަހަރެން އޮންނާނެ ކުރަންޖެހޭ މަސައްކަތުގެ ތާވަލް ލިޔެފަ އޮފީސް މޭޒުމަތީ ބާއްވާފަ ދޭ ބަލާލަން” ވަފާ އެނދުން ތެދުވަމުން ބެނެލިއެވެ.
އެވަގުތަކީ ލިއުޝާވެސް އެގެޔަށް އައިވަގުތެވެ. ވަފާއަށް ގޮވަމުން ސީދާ ވަފާގެ ކޮޓަރިއަށް އައެވެ. މޯޑް އެކޮޓަރީގައި އިންތަންފެނުމުން ސޮރީ އޭބުނަމުން އޭނާ ދޮރުލައްޕާ ލިއެވެ. އެވަގުތު މޯޑްވެސް ބޭރަށް ނިކުތެވެ. ފަހަތުން ވަފާވެސް ނިކުތެވެ. އަދި ލިއުޝާއަށް މޯޑް އިންޓުރޮޑިއުސް ކޮށްދިނެވެ. ދެމީހުން ސަލާމް ކުރިއެވެ. މޯޑްވީ ލިއުޝާވެސް ދަންނަ މީހަކަށެވެ. ކުޅުދއްފުޢްޓަކީ ކުޑަ މާލެއޭ މިހުން ބުނާތީ ލިއުޝާ ވަނީ ތަފާތު ފަހަރު ފަހަރު ގޮއްސަ ޔޯލައެވެ. އެއިން ކޮންމެވެސް ދުވަހެއްގައި ދިމާވެފައި ހުރީއެވެ. އެކަމަކު ގާތް ކަމެއް ނެތެވެ.
“ދެން މިގޭގައި އޭނާ ކީއްކުރަނީ”ލިއުޝާ އަހާލިއެވެ
ޖަވާބުގައި މޯޑް އާއި ވަފާވެސް ހީލިއެވެ.
“ރިސޯޓުން އޮފް ލިބޭދުވަސް ދުވަހު އޭނާ ހުންނަނީ މިގޭގައި” އެވަގުތު ވަފާގެ މަންމަ އެތަނަށް އާދެވިގެން އެމީހުންގެ ވާހަކަޔާއި ބައިވެރި ވެލިއެވެ.
ލިއުޝާ އާއި ވަފާ އެކުގައި ހަވީރު ސައި ބުއިއެވެ. ލިއުޝާ ގަނެގެން ގެނައި ހެދިކާއާއި އެކުގައެވެ.
ނުނިމޭ