ހއ. އުތީމުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވަޅުގަނޑަކަށް ވެއްޓި މަރުވެއްޖެ އެވެ
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުތީމުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ މީހާ މަރުވީ ވަޅުގަނޑަކަށް ވެއްޓުމާ ގުޅިގެން އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދިއްދޫއަށް ބަދަލުކޮށް ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވެފައިވަނީ މަސައްކަތް ކުރުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ކައިރީ ހުއްޓާ ފަސްގަނޑު ކަނޑައިގެން ގޮސްގެން ވަޅުގަނޑަށްވެއްޓި އެވެ.