English Edition
Dhivehi Edition

މިނިވަން މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ކަޑައަޅައި،ދައުލަތުގެ ވަކިވަކި މުއައްސަސާތަކުން އެކިއެކި ކަންކަމުގައި އަމިއްލައަށް ދައުވާތައް ނުކުރެވޭ ގޮތަށް އޮންނަ އޮތުން ސުޕްރީމް ކޯޓުން އުވާލައި،ވަކިވަކި މުއައްސަސާތަކަށް ވެސް ދައުވާ ކުރެވޭނެ ގޮތް ހަދައިފި އެވެ

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ސޮއި ކުރައްވާ އިއްޔެ ސުޕްރީމް ކޯޓުގެ އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ލިބިފައިވާ މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރަން ވާނީ އެ މުއައްސަސާއަކުން އަމިއްލަ އަށް ކަމަށެވެ.އެކަމަކު ބަންޑާރަ ނައިބަށް އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް އޮތް ކަމަށް ފެނިއްޖެ ނަމަ، ކޯޓުގެ ހުއްދައާ އެކު އެ މައްސަލައެއްގެ ތެރެއަށް ބަންޑާރަ ނައިބަށް ވަދެވިދާނެކަމަށެވެ.މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، ބަންޑާރަ ނައިބުގެ ފަރާތުން ދައުލަތް ތަމްސީލު ކުރުމުގެ ފުރުސަތު ކޯޓަށް އޮންނާނެ ކަމަށެވެ

މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އުސޫލެއްގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ދައުވާތައް ކުރާނީ އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ކޯޓްގައި ތަމްސީލް ކުރާނީ ބަންޑާރަ ނައިބު އެވެ