ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެއްޖެއެވެ
މިއަދު ދިވެހި ޕްރިމިއާ ލީގް އަލުން ފެށުމަށް ހަމަޖެހިފައިވާ އިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވިކްޓަރީ އާއި ބައްދަލުކުރަނީ މާޒިޔާ އެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުން އަދި ޕްރެކްޓިސް ފަށާފައިނުވާއިރު، ކުލަބުގައި ތިބި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިޔަކު ވަނީ އަމިއްލައަށް ޓީމު ދޫކޮށްލާފަ އެވެ
ވިކްޓަރީގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކޯޗުގެ މަގާމުގައި ހުރި ހަންގޭރީގެ ލާޒްލޯ ކިސްވެސް ވަނީ ފުރާފަ އެވެ
މާޒިޔާ އާއި ދެކޮޅެއް ކުޅޭ މެޗާއި ބެހޭ ގޮތުން ވެކްޓީރީގެ އޮފިޝަލުން ބުނެފައިވަނީ ކްޓަރީގެ ކުޅުންތެރިން ދަނޑަށް ނިކުންނާނެ ކަމުގެ ގެރެންޓީއެއްވެސް ނެތް ކަމަށެވެ. މި މެޗަށް އެ ޓީމް ހާޒިރު ނުވެއްޖެނަމަ، އިދިކޮޅަށް ނިކުންނަ މާޒިޔާއަށް، މެޗުގެ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބިގެންދާއިރު ވިކްޓަރީއަށް 25000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ
މިއަހަރުގެ މަރޗް މަހުގައި އެ ކްލަބުން ބޭއްވި އިންތިހާބުގައި ވިކްޓަރީގެ ލީޑާޝިޕަށް ވަޑައިގެންނެވީ، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފުއެވެ