English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި ޔާމީ ގުޕްތާ އޭނާގެ ރީތިކަމުގެ ސިއްރު ހާމަކޮށްފިއެވެ. ޔާމީ ބުނެފައިވަނީ ރީތި މީހަކަށްވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައްތަކުގެ ގޮތުގައި، އޭނާގެ މާމަ އޭނާއަށް ދަސްކޮށްދީފައިވާ ކަންތައްތައް އަބަދުވެސް ކުރަމުންދާ ކަމަށެވެ

ޔާމީ ބުނެފައިވަނީ އެކިއެކި ކެމިކަލްތައް އެކުލެވިގެންވާ ރީތި ވާ ސާމާން ބޭނުން ކުރުމުގެ ބަދަލުގައި އަބަދުވެސް ބޭނުންކުރަން އެންމެ ބޮޑު އިސްކަމެއް ދަނީ އަމިއްލައަށް ގޭގައި އުފައްދާ ތަކެތިކަމަށެވެ.

ޔާމީގެ ރީތިކަމުގެ ސިއްރަކީ:

  • ރަގަޅަށް ޝޭމްޕޫލައިން ބޯދޮވުމުށްފަހު ހެއަރ ކޮންޑިޝަނަރ ގެ ބަދަލުގައި ވިނިގަރ ބޭނުން ކުރުން
  • ތުންފަތް ރީތިކޮށް ބެހެއްޓުމަށްޓަކައި ލިޕް ބާމްގެ ބަދަލުގައި ގިތެޔޮ ބޭނުން ކުރުން. އޭރުން ތުންފަތް ހިކުމާއި ތުންފަތް ކަޅުވުމުން ސަލާމަތްކޮށްދޭ
  • މޭޒުމަތީ ބައި ސަމުސާ ރީދޫ، ހަކުރު އަދި މާމުއި ބޭނުންކޮށްގެން ހަދާ ފޭސް މާސްކް ބޭނުންކުރުން.
  • މޫނުގައި ހުންނަ ބިހިތައް ނައްތާލާ، މޫނުމަތީގެ ތާޒާކަން ދެމެހެއްޓުމަށް އައިސްކިއުބް ބޭނުންކުރުން މީގެ އިތުރުން ފިލްމު ކާބިލް އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޔާމީ ބުނެފައިވަނީ އަބަދުވެސް ފުރިހަމަ ސިއްހަތެއްގައި ރީތިކަން ދެމެހެއްޓުމަށްޓަކައި ގިނަގިނައިން ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ