English Edition
Dhivehi Edition

ދޮންކޭލަކީ އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް ވަރަށް ގިނައިން ލިބެންހުންނަ މަގްބޫލު މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދޮންކޭލުގެ ފައިދާ ހީވެސް ނުކުރާހާ ގިނައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިހާތަނަށް ހޯދި ހޯދުމުގައި ދޮންކޭލަކީ ހުރިހާ ކާއެއްޗަކަށް ވުރެންވެސް ޕޮޓޭޝިއަމް އެންމެ ގިނައިން ހިމެނޭ ކާނާއެވެ.

ދުވަހެއްގެ މައްޗަށް ދެ ދޮންކެޔޮކާމީހާގެ ހަށިގަނޑަށް “ޓިއުމަރ ނެކްރޮސިސް ފެކްޓަރ” ކިޔާ އެންޓިއެންޓި އޮކްސިޑެންޓެއްވާސިލް ވެއެވެ. ނަތީޖާ އަކަށް ވެގެންދަނީ މި އެންޓިއޮކްސިޑެންޓް ކެންސަރާ ހަނގުރާމަކުރުމެވެ. އެހެން ކަމުން ދުވަހަކު ދެ ދިންކެޔޮ ކާމިހާގެ ހަށިގަނޑުން ކެންސަރ ސެލްތައް ނައްތާލައެވެ.

30 ދުވަހަށް ކޮންމެ ދުވަހަކު ދެ ދޮންކެޔޮ ކާމީހާ އަށް ލިބިދޭފައިދާތައް :

– ޑިޕްރެޝަން އާދުރުކޮށް ދިނުން

ޑިޕްރެޝަން ހުންނަ މީހުންގެ ސިކުނޑީގައި ސެރޮޓޮރިން ކިޔާމާއްދާ ދަށްވެއެވެ. އެހެންކަމުން ދުވަހަކު ދެ ދޮންކެޔޮ ކެއުމުން ދޮންކޭލުގައި ހިމެނޭ ޓްރައިޓޮޕޭން ކިޔާމާއްދާއެއް ސެރޮޓޮނިން އަށްބަދަލުވެ ޑިޕްރެޝަން އާދުރުކޮށްދެއެވެ.

– ހަށިގަނޑުގައި ވަރުޖެހުން

ދޮންކޭލަކީ ތިން ވައްތަރެއްގެ ހަކުރު ހިމެނޭއެއްޗެކެވެ. ފްރަކްޓޯޒް، ގުލްކޯޒް، އަދި ސުކްރޯޒް އަކީ ދޮންކޭލުގައި ހިމެނޭ ތިންވައްތަރުގެ ހަކުރެވެ. އެހެން ކަމުން ދުވަހަކު ދެ ދޮންކެޔޮ ކެއުމުގައި ބޭނުން ކުރުމުން 90 މިނެޓް ވަންދެން ކަސްރަތު ކުރެވޭނެހާ ހަކަތަ މީހާ އަށް ލިބިދެއެވެ.

– ބަރުދަން ލުއިކޮށްދިނުން

ދޮންކޭލުން ދުވަހަކު 100 ކެލޮރީސް ހަށިގަނޑަށް ލިބިދޭވަރަށް ބޭނުން ކޮށްލުމުން ބަރުދަން ލުއި ކުރުމަށް ބޭނުންވާ މީހުންނަށް އެހީތެރިވެދެއެވެ. މީގެ އިތުރުން 100 ކެލޮރީސްގެ ދޮންކޭލުން 3 ގްރާމް ފައިބާ ލިބިދިނުމުން ހައިކަންފިލާ ކެއުމާ މީހާ ދުރުކޮށްދެއެވެ.

– ބްލަޑް ޕްރެޝަރ

ދިރާސާތުަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމުން ލޭގެ ޕްރެޝަރ މަތިވެފައިވާ މީހުންގެ %10 ކޮންޓްރޯލް ކޮށްދެއެވެ. ދޮންކޭލަކީ ސޯޑިއަމް ދަށް މޭވާއަކަށް ވެފައި ޕޮޓޭޝިއަމް ގިނަ މޭވާއެއްކަމުން ލޭގެ ޕްރެޝަރަށް ފަރުވާއަކަށް ދޮންކެޔޮ ކޮންމެ ދުވަހަކު ކެއުން ރަނގަޅެވެ.

– ލޭގިނަކޮށްދިނުން

ދޮންކޭލަކީ ލެޔަށް ބޭނުންވާ އަޔަން ހިމެނޭ މޭވާއަކަށް ވުމުން ހަށިގަނޑުން ހިމޮގްލޮބިން މަދުވެ އެނޭމިއާ އާ ކުރިމަތިވާ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. އަޔަންގެ އިތުރުން ދޮންކޭލުގައި ހިމެނޭ B-6 ގެ ސަބަބުން ވައިޓްބްލަޑްސްލް އުފެދުމުގައި ވެސް އެހީތެރި ވެދެއެވެ

-ގޮހޮރުގެ ފާރު ރަގަޅުކޮށްދިނުން

ދާދިފަހުން އިންގްލޭންޑްގެ ޑޮކްޓަރުން ކުރި ދިރާސާއެއްގައި ދައްކާ ގޮތުގައި، ދޮންކޭލުގައި ހިމެނޭ “ސައިޓޮއިއިންޑޯސައިޑްސް” ކިޔާ މާއްދާ އަކުން ގޮހޮރުގެ ފާރު ރަނގަޅުކޮށްދެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ކެުމުގައި ދެ ދޮންކެޔޮ ބޭނުންކޮށްލުން ވަރަށް މުހިންމެވެ.

ދޮންކޭލުގެ ފައިދާ އާބެހޭގިތުން ކުރެވުނު މި ދިރަސާގައި ބުނެފައިވަނީ މަތީގައި ގެނެސްދެވުނު ކަންތަކުގެ އިތުރުން ވެސް، ދުންފަތާއި ދުރަށް ދިޔުމާއި، ބަނޑުހަރުވުން، ސިކުނޑީގެ ބަލިތައް، ކަށި އަދި މިނޫނަސް ހަށިގަނޑުގެ ގިނަ ބަލިތަކަށް ދޮންކޭލަކީ އެންމެ ރަނގަޅު އެއްފަރުވާ ކަމަށެވެ.

އެހެން ކަމުން އަޅުގަނޑުމެން ކޮންމެހެން ވެސް ދުވާލެއްގެ މައްޗަށް ކެއުމުގައި ދެ ދޮންކެޔޮ ބޭނުން ކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުން ކީއްތޯއެވެ.

 

ޓެގު