މާލޭގެ މަގުމަތިން އަންހެނަކު ސައިކަލެއްގައި ދަނިކޮށް ހުއްޓުވާ އޭނަގެ ދަބަސްފޭރިގަތް މައްސަލަ ބަލަމަުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވާ، ދެމީހަކު އޭނަގެ ދަބަސްފޭރިގަތް މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިކަހަލަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާނުކޮށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންނަށް ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މިމަހު އެއްވަނަދުވަހުގެ ދުވާލު ވަގުތެއްގައި އަންހެނަކު ދުއްވާފައި ދިޔަ ސައިކަލް ކުރިމައްޗަށް ދެމީހަކު މަޑުކޮށް އޭނަގެ އަތުން ގަދަކަމުން ދަބަސްފޭރިގަނެގެން ދާމަންޒަރު އެވީޑިއޯގައި ފެންނަ އިރު އެމަގުން އެވަގުތު މީހުން ހިނގަމުން ދާމަންޒަރު ފެނެއެވެ. ނަމަވެސް އެވީޑިޢޯގައި އަންހެން މީހާ އެހީއަށް އެދި ގޮވާއިރުވެސް އެއްވެސް މީހަކު އެހީވިތަނެއް ނުފެނެއެވެ.