English Edition
Dhivehi Edition
ކ-ވ: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ސުޒީ-- ފޮޓޯ ޕޮލިސް ލައިފް

ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތެއްގައި ފުލުހުންގެ ދެއޮފިސަރަކު އޮސްޓްރޭލިއާއަށް ފުރައިފިއެވެ.

ޕުލުހުންގެ އޮފިޝަލް ވެބްސަތިޓްގައި ބުނެފައިވަނީ، ސެޕްޓެމްބަރ 3ން 7ށް އޮސްޓްރޭލިޔާގެ ސިޑްނީގެ އޮސްޓްރޭލިޔަން އިންސްޓިޓިއުޓް އޮފް ޕޮލިސް މެނޭޖްމެންޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން ޑިވެލޮޕިންގ ފިއުޗަރ ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވުމަށް އޮސްޓްރޭލިޔާއަށް ގޮސްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީއާއި ޗީފް އިންސްޕެކްޓަރ އޮފް އަހުމަދު މުސްލިމްއެވެ.

މި ދެފުލުހުންވެސް އޮސްޓްރޭލިޔާއަށް ފުރާފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމްގައި، މުވައްޒަފުން ތަމްރީން ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.