އައްޑޫ ސިޓީ ހުޅުދޫގައި ޕީޕީއެމް ގެ ‘ދެން ދެނޯ’ ޖަގަހަ ހުޅުވައިފިއެވެ.
މީގެ ކުރިންވެސް ޕީޕީއެމްގެ އެކި އެކި ހަރަކާތްތަކުގައި ބޭނުންކުރަމުން އައި ޖަގަހަ މަރާމާތުކޮށް ރައީސް ޔާމީންގެ ކެމްޕެއިންނަށް ހާއްސަކޮށް ހުޅުވައިދެއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު(ޝާޑު) އެވެ.
ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ރައްޔަތުން ބައިވެރިވި ޖަލްސާގައި ވާހަކަދައްކަމުން ޝާޑު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީ ހުޅުދޫ މީދޫއަށް ގެނެސްދެއްވާފައިވާ ތަރައްޤީ ފާހަގަކޮށް އެ މަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދައުރަށް ރައީސް ޔާމީން ހޮވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ޝާޑުވަނީ ގޮވާލާފައެވެ
.
މި ޖަލްސާގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ އާންމު މެމްބަރުންވަނީ ރައީސް ޔާމީނަށް ރައްޔަތުން ވޯޓުދޭން ޖެހޭ ސަބަބުތަކާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ.
މި ދެރަށުގައިވެސް މި އޯގަސްޓް މަހުގެ ތެރޭގައި ޕީޕީއެމްގެ ތިންޖަގަހަ ހުޅުވިގެން ދިޔަ އިރު އެމްޑީޕީގެ އިތުރު ޖަގަހައެއްވެސްވަނީ ހުޅުވާފައެވެ.