ދެޖިންސްގެ މީހުންވެސް ޒީނަތްތެރިވުމަށް ނުވަތަ ލޮލުގައި އަޅާ އަިއނުގެ ބަދަލުގައި ލެންސް ބޭނުން ކުރާމީހުން ރާއްޖޭގައިވެސް މަދެއް ނޫނެވެ. ކޮސްމެޓިކްލެންސް އަކީ އާންމުކޮށް ފެޝަނަކަށް ޒުވާނުން ވަރަށްގިނައިން ބޭނުން ކުރަމުން އަންނައެއްޗަކަށްމިހާރުވަނީ ވެފައެވެ. އަދި އެހެންމެ ލޮލުގެ ފެނުން ދަށްވުމުން އައިނު އެޅުމުގެ ބަދަލުގައި ފަސޭހައަކަށް އަދި ލޯރީތިކޮށް ލުމުގެ ބޭނުމުގައި ކޮންޓެކްޓް ލެންސް ބޭނުން ކުރާމީހުންވެސް ވަރަށް ގިިނައެވެ.
ވިސްނާލަންޖެހޭ އެންމެ މުހިންމު ކަމަކީ ލެންސް ބޭނުން ކުރުމުގައި އަހަރެމެން ވަރަށް ފަރުވާތެރި ވާންޖެހޭކަމެވެ. ލޮލަކީ އިންސާނާގެ ހަށިގަނޑުގައި އެންމެ ނާޒުކު އަދި އެންމެ ބޭނުންތެރި އެއް ގުނަވަނެވެ. އެހެންކަމުން ކޮންމެ ވައްތަރެއްގެ ލެންސް ލެއްވި ކަމުގައި ވިޔަސް ލޮލަށް ވަރަށް ފަރުވާތެރިވާންޖެހެއެވެ.
ލެންސް ލައްވުމުގެ ކުރިން އެންމެ ފުރަތަމަ ސަބޯނި ލައިގެން ރަނގަޅަށް ދެއަތް ދޮންނަން ޖެހެއެވެ. އަދި ލެންސް ލިކުއިޑް ގައި 3 ދުވަހަށް ވުރެ ގިނަދުވަހަށް ބެހެއްޓުންވެސް އެހާ ރަނގަޅެއްނޫނެވެ. ގަވައިދުން ލިކުއިޑް ބަދަލު ކުރުމާއި ލެންސް ސާފު ކަންމަތީ ބޭއްވުމަށްފަހު ލޮލަށް ލެއްވުމުގެ ކުރިންވެސް ރަނގަޅަށް ޗެކްކޮށް ލަން އާދަ ކުރަންޖެހެއެވެ. މިކަންކަމަށް ނުބެލެވެންޏާ ވަރަށް ހިތާމަވެރި ހާދިސާތަކާ ދިމާވާ ފަހަރު ވެސް އާދެއެވެ. ލޮލުގެ އިންފެކްޝަން ހެދުމާއި މަދު ކޭސް ތަކުގައި އިންފެކްޝަންގެ ސަބަބުން ބައެއް މީހުން އަނދިރި ވުމުގެ ހާދިސާތައްވެސް ހިނގާފައި ވެއެވެ.
ކޮންމެ މީހަކީވެސް ރީތިމީހެކެވެ. އެހެން ނަމަވެސް ކުޑަމޭކަޕް އެއް ކޮށްލުމުން އެރީތިކަން އިތުރަށް ފުރިހަމަ ވެއެވެ. ނަމަވެސް ކޮސްމެޓިކްލެންސް އަދި ކޮންޓެކްޓް ލެންސް ލައްވާމީހުންނަށް މޭކަޕްގެ ޒަރީއާއިންވެސް ވަރަށް ހިތާމަވެރި ހާދިސާތަށް ލޮލަށް ދިމާވެފައި އެބްހުއްޓެވެ. ތިރީގައި މިގެނެސްދެނީ ލެންސް ބޭނުން ކުރަފަރާތްތަކުން މޭކަޕް ކުރުމުގައި ސަމާލުވާންވީ ބައެއް ކަންތައް.