އިދިކޮޅު ކޯލިޝަނުގެ ހަޤީގީ މަޤްޞަދަކީ ކުށްވެރިންތަކެއް ސަލާމަތްކުރުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ
ރޭ ނ.ވެލިދޫ ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހިމެނެނީ ޓެރަރިސްޓުންނާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ބޭފުޅުންކަމަށެވެ. އަދި ކުށް ކުށުގައި ދައުވާ ކުރެވިފައި ތިބި ބޭފުޅުންނާއި، ރިޝްވަތުގެ ތުހުމަތުގައި ތިއްބެވި ބޭފުޅުންގެ އިތުރުން މުޅިންވެސް ކުށަކުން ނުނައްޓައިގެން އުޅުއްވާ ބޭފުޅުން ކަމަށެވެ
އިދިކޮޅު ކޯލިޝަނަށާއި ސިޔާސީ ކުށްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ ނ.ވެލިދޫގެ ތަރައްޤީގެ ބާނީއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށެއެވެ. އަދި އެ ރަށުގެ ރައްޔަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނިކުންނާނީ ތަރައްޤީ ދިފާއުކުރަން ކަމަށެވެ