English Edition
Dhivehi Edition

ތާޖްމަހަލްގެ ގޭޓްކައިރީގައި ފޮޓޯނަގަން ހުރި ޖަޕާން އަންހެނަކަށް މަކުނެއް ހަމަލާދީފިއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް އިންޑިއާ އަށްގޮސް ހުރި މި އަންހެންމީހާ އަށް މަކުނު ހަމަލާދިނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު 12:00 ހާއިރު އެވެ.

ޓޫރިޒަމް އިންޗާރޖް އެއްކަމަށްވާ ޝަރްމާ އާހަވާލާދީ ފުލުހުން ބުނެފައިވަނީ އަނިޔާ ލިބުނު އަންހެން މީހާއާއި އިތުރު ދެ ޓޫރިސްޓުން ތާޖްމަހަލްގެ ހުޅަނގު ފަރާތުގެ ގޭޓްކައިރީގައި ފޮޓޯނަގަން ތިއްބާ ކުއްލިއަކަށް މަކުނު އައިސް އޭނަގެ ބުރަކަށީގައި ވަކި އަޅާލީކަމަށެވެ.

ތާޖްމަހަލްގެ ސެކިއުރިޓީން އަދި ފުލުހުން ވެސް މިހާދިސާ ގައި އަނިޔާވި ފަތުރުވެރިޔާގެ މައުލޫމާތު ހާމަކޮށްފައި ނުވެއެވެ

މިހާދިސާ ހިނގުމާއެކު ތާޖް ޓޫރިސްޓުން ވަނީ އެމްބިއުލާންސްގައި އަންހެން މީހާ ހޮސްޕިޓަލަށް ފޮނުވާފައެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ފަތުރުވެރިޔާގެ ހާލު މިހާރުދަނީ ރަނަގަޅުވަމުންނެވެ.

ތާޖްމަހަލް ބަލަހައްޓާ ފަރާތްތަކުން ބުނެފައިވަނީ މިހަދީސާހިނގީ ތާޖް މަހަލްގެ ބޭރުގައި ކަމުން އެވަގުތު އެއްވެސް ފަރާތަކުން ތާޖްމަހަލް ބަލަހައްޓާ އިސް ވެރިންނަށްމިހާދިސާ ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް މިހާރު އެހަދިސާގެ ހަބަރު ލިބުމާއެކު އެފަރާތުން ދަނީ ތާޖްމަހަލަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް އެފަދަ ކަމައެއް މެދުވެރި ވިޔަނުދިނުމަށް އިތުރަށް ސެކިރިޓީ ވަރުގަދަކުރަމުންނެވެ. ތާޖްމަހަލް ބަލަހައްޓާ އިސްފަރާތެއް ކަމަށްވާ ބަހޫޝަން ބުނެފައި ވަނީ އިތުރަށް މިކަހަލަ ބިރުވެރިކަމެއް ޓޫރިސްޓުންނަށް ދިމާވިޔަ ނުދޭނެކަމުގެ ގެރެންޓީ ދޭކަމަށެވެ.

2016 ވަނަ އަހަރުވެސް ކޮލަމްބިޔާގެ ޓޫރިސްޓަކަށް ތާޖްމަހަލް ކައިރިން ވަނީ މަކުނުގެ އަނިޔާ ކުރިމަތިވެފައެވެ. އެހާދިސާގައި ޓޫރިސްޓްގެ އަތްދަބަސް މަކުނުވަނީ ފޭރިގެންފައެވެ. އަދި މިއަހަރުގެ ޖުލައި 8 ވަނަ ދުވަހު އޮސްޓްރޭލިއާގެ އަންހެނަކަށް މަކުނެއް ހަމަލާދީފައި ވާއިރު މޭއި22 ވަނަ ދުވަހުވެސް ފްރާންސްގެ ދެ ޓޫރިސްޓަކުގެ ގައިގައި މަކުނުތަކެއް ވަނީ ދަތްއަޅާފައެވެ.