English Edition
Dhivehi Edition

ފްލޮރިޑާގެ ޖެކްސަންވިލްގެ އެންޓަރޓެއިންމެންޓް ކޮމްޕްލެކްސްއަކަށް އާދީއްތަ ދުވަހު ހަވީރު މީހަކު ބަޑިން ހަމަލާ ދީ ދެ މީހުން މަރާލައިފިކަމަށް ފުލުހުން ބުނެފިއެވެ.

ބަޑީގެ ހަމަލާގައި މަރުވި އެކަކުގެ މޭއަށް ލޭޒާލައިޓް އެޅިފައި

މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޖެކްސަންވިލް ލޭންޑިންގައި ވީޑިއޯ ގޭމް މުބާރާތެއް ކުރިޔަށް ގެންދަނިކޮށް މިހަމަލާދިާފައިވަނީ އުމުރުން 24 އަހަރުގެ ޑޭވިޑް ކާޒް ކިޔާމީހެކެވެ. ފުލުހުން ބުނެފައިވަނީ ކާޒް ބަޑީގެ ހަމަލާގައި ބޭނުން ކޮށްފައިވަނީ ލޭޒަރ އޮޓޯ ހޭންޑް ގަންއެކެވެ.

ޑޭޥިޑް ކާޒް

ޑޭވިޑް ބަޑިން ހަމަލާދިނީ މުބާރާތުގައި އޭނާ ބަލިވުމުން ނުކުމެ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެއެވެ. މިހަމަލާގައި ދެމީހަކު މަރުވެފައި ވާއިރު ޑޭވިޑްވަނީ ހަމަލާއަށް ފަހުއަމިއްލަ ގަޔަށްބަޑިޖާ މަރުވެފައެވެ. އަދި މިހަމަލާގައި އިތުރު 11 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި މަރުވި ދެމީހުންނާއި އަނިޔާވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައި ނުވާއިރު ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.