English Edition
Dhivehi Edition

ސަލްމާން ޙާން ބޮލީވުޑްގައި މަސައްކަތްކުރަމުންދާތާ 30 އަހަރު ވެއްޖެއެވެ

.1988ގައި ސަލްމާން ޙާން ފިލްމީދާއިރާއަށް ތައާރަފްވީ ބިވީ ހޯތޯ އެއިސޭ ނަމަކަށް ކިޔާ ފިލްމެކެވެ.މި ފިލްމުގައި ލީޑް ރޯލެއްގެ ގޮތުގައި ހަރަކާތްތެރިވީ ރެކާ އާއި ފާރޫގް ޝެއިޙްއެވެ.ސަލްމާންޙާން މި ފިލްމުގައި ޙަރަކާތްތެރިވެފައިވަނީ ސަޕޯޓިން ރޯލެއްގައެވެ.މި ފިލްމުގައި ސަލްމާންއަކީ ފާރޫގް ޝެއިޙްގެ ކޮއްކޮއެވެ.މި ފިލްމު މީހުންގެ މެދުގައި މަގުބޫލުވެ ސަލްމާންގެ ނަން ވިދަން ފެށިއެވެ. ޖެހިގެންއައި އަހަރު ސަލްމާން ފެނިގެންދިޔައީ ފިލްމެއްގެ ލީޑްރޯލުންނެވެ.މިއީ މެއިނޭ ޕްޔާރް ކިޔާ ކިޔާ ނަމަކަށް ކިޔާ ފިލްމެކެވެ.

ސޫރަޖް ބަރްޖަތްތިޔާ ޑައިރެކްޓް ކުރި މިފިލްމު ބޮކްސް އޮފީހުގެ ހިޓް ފިލްމަކަށްވެ ހިންދީ ސިނަމާތަކުގެ ފަޅުފިލުވަމުން ދިޔަ ފިލްމަކަށް ވިއެވެ.މި ފިލްމަށް މިސް ނައިންޓީސްވެސް ލިބުނެވެ.އޭގެފަހުން 2010 ވަނަ އަހަރު ނެރުނު ދަބަންގް އިން ބޮކްސް އޮފީހުގައި ސަލްމާންގެ ނަން ވިދަންފެށިއެވެ.

ސަލްމާންގެ ފްލޮޕް ފިލްމުތައްވެސް މަދުވެގެން 100 ކަރޯޑު ހޯދައެވެ.ފާއިތުވި 8 އަހަރުގެ ތެރޭގައި ސަލްމާން ވަނީ ބޮލީވުޑްގެ އެންމެ ބޮޑު ސުޕާ ސްޓާއަށް ވެފައެވެ.ފިލްމް ސުލްތާން އެއީ މިކަމުގެ ހެއްކެކެވެ.

ސަލްމާން ޙާންގެ ފިލުތަކަކީ 30 އަހަރުތެރޭގައިވެސް ބެލުންތެރިންގެ ފުރިހަމަ ސަޕޯޓާއި އެ ފަންނާނަކަށް ބެލުންތެރިން އެންމެ ގަޔާވާ ފިލްމުތަކެއް ކުޅުނު ފަންނާނަށް ސަލްމާން ވަނީ ވެފައެވެ.މިއީ ޝާޙް ރުކްޙާންއާ އަޖޭ އާއި ރިތިކް ރޯޝަން އަދި އަކްޝޭވެސް ސަލްމާންގެ ފަރާތުން ދަސްކުރަންވީ ކަހަލަ ކަމެކެވެ.